ގަދަ 16 އަށް ފުރަތަމަ ކޮލިފައިވީ އާސެނަލް

މި ސީޒަންގެ ޗެމްޕިއަންސްލީގު ގެ ގަދަ 16 އަށް ފުރަތަމަ ކޮލިފައިވި ޓީމަކަށް އާސެނަލް ވެއްޖެއެވެ. ކުޅުނު 7 މެޗުން މޮޅުވެ އާސެނަލް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ 21 ޕޮއިންޓާއެކުއެވެ. އަންގާރަ ދުވަހު އިންޓަމިލާން އަތުން އާސެނަލް މޮޅުވީ 3 ލަނޑު 1 ލަނޑުންނެވެ. އިންޓަމިލާން ދަނޑު ސެންސީރޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލުވެސް ޖެހީ އާސެނަލުންނެވެ. 10 ވަނަ މިނެޓްގައި މި ގޯލު ޖަހައިދިނީ ގެބްރިއަލް ޖީސަސްއެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސްލީގުގައި ޖީސަސް ޖެހި ފުރަތަމަ ގޯލެވެ. އޭގެ 8 މިނެޓް ފަހުން އިންޓަރގެ ޕީޓަރ ސުޗިޗް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ޖީސަސް މި މެޗުގައި އޭނާގެ ދެވަނަ ގޯލު 31 ވަނަ މިނެޓްގައި ޖަހާ އާސެނަލަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. އާސެނަލްގެ 3 ވަނަ ގޯލު ޖަހައިދިނީ ފަހުހާފުގައި ޖީސަސްގެ ބަދަލުގައި ކުޅެން އެރުވި ވިކްޓަރ ޔޮކަރެސްއެވެ. ދެން އާސެނަލް ކުޅޭ މެޗުން 1 ޕޮއިންޓް ހޯދާއިރަށް އާސެނަލްއަށް އެއްވަނަ ޔަގީން ވާނެއެވެ. ދެން އާސެނަލް ކުޅޭނީ ތާވަލުގެ އެންމެ ފުލުގައި އޮތް ކައިރާތާ ދެކޮޅަށެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސްލީގުގެ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ސިޓީ ވަނީ ބޮޑޫ ގްލިމްޓް އަތުން 3 ލަނޑު 1 ލަނޑުން ބަލިވެފައެވެ.

ކައިރާޓް 1 – ކްލަބް ބްރޫޖް 4

ޕީއެސްޖީ 1 – ސްޕޯޓިންގ 2

ރެއާލް މެޑްރިޑް 6 – މޮނާކޯ 1

ކޮބަންހަން 1 ނަޕޯލީ 1

ޓޮޓެންހަމް 2 – ޑޯޓްމެންޓް 0

ވިޔަރިއާލް 1 – އަޔެކްސް 2

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ