ބާސާއިން ޗެމްޕިއަންސް ލީގު ގަދަ 8 ގެ އުއްމީދު އައުކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ، ފަހަތުން އަރައި 4-2 އިން ސްލާވިއާ ޕްރާގް ބަލިކޮށް ބާސެލޯނާއިން މޮޅެއް ހޯދައިފިއެވެ.

މި މެޗުގައި ފާމިން ލޮޕޭޒް ދެ ލަނޑު ޖެހިއިރު، ބާސެލޯނާ މޮޅުކޮށްދިނުމަށް ދެވަނަ ހާފުގައި ޑެނީ އޮލްމޯ އާއި ރޮބާޓް ލެވަންޑޯވްސްކީ ވެސް ވަނީ ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ.

ބުދަ ދުވަހުގެ ރޭ ހޯދި މި މޮޅާއެކު، ބާސެލޯނާ ވަނީ ތާވަލުގެ ނުވަވަނައަށް ޖެހިލާފައެވެ. ބާކީ އެއް މެޗު އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. މިއީ ގަދަ އަށެއްގެ ތެރޭގައި ހިމެނިގެން ގަދަ 16 އަށް ސީދާ ކޮލިފައިވުމަށް މަސައްކަތްކުރާ އިތުރު ހަތް ޓީމަކާ އެއްވަރުގެ އަދަދެކެވެ. އަނެއްކޮޅުން ސްލާވިއާ އޮތީ އެންމެ ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުން ތިންވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ