ފުޓްބޯޅައިގެ އެންމެ މުއްސަނދި ކްލަބަކީ ރެއާލްމެޑްރިޑް

އަހަރީ މާލީ ރިޕޯޓަކުން ދައްކާ ގޮތުގައި، ޕްރިމިއާ ލީގުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ކްލަބުގެ ގޮތުގައި ފުރަތަމަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލުމަށްފަހު ލިވަޕޫލް ކުރިހޯދައިފިއެވެ. ނަމަވެސް، 2024-25 ވަނަ ސީޒަނުގައި މުޅި ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ކްލަބުގެ މަގާމުގައި އަދިވެސް ދެމިއޮތީ އޮތީ ރެއާލް މެޑްރިޑެވެ.

ބުރާސްފަތި ދުވަހު އާންމުކުރި ޑެލޮއިޓްގެ "ފުޓްބޯލް މަނީ ލީގު" ގެ އެއްވަނަ ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދީ، ލަ ލީގާ ނުވަތަ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް 1.16 ބިލިއަން ޔޫރޯ (1.36 ބިލިއަން ޑޮލަރު) ގެ އާމްދަނީއަކާއެކުގައެވެ. ވޭތުވެދިޔަ ދެ ސީޒަނުގައި 1 ބިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ހޯދި ހަމައެކަނި ކްލަބަކީ ރެއާލް މެޑްރިޑެވެ. ޑެލޮއިޓްގެ ހިސާބުތަކުން ދައްކާ ގޮތުގައި، މާޗަންޑައިޒް އާއި ކޯޕަރޭޓް ޕާޓްނަރުންގެ އެހީގައި އެ ކްލަބުގެ ވިޔަފާރީގެ އާމްދަނީ 23 އިންސައްތަ އިތުރުވެ، 594 މިލިއަން ޔޫރޯ (696.6 މިލިއަން ޑޮލަރު) އަށް ވަނީ އަރާފައެވެ.

ރެއާލްގެ ވާދަވެރި އަދި މިހާރުގެ ލަ ލީގާ ޗެމްޕިއަން ބާސެލޯނާ އޮތީ 975 މިލިއަން ޔޫރޯ (1.14 ބިލިއަން ޑޮލަރު) އާއެކު ލިސްޓުގެ ދެވަނައިގައެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެ ކްލަބް ގަދަ ތިނަކަށް އެރި ފުރަތަމަ ފަހަރެވެ.

ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިއުނިކް 861 މިލިއަން ޔޫރޯ (1.09 ބިލިއަން ޑޮލަރު) އާއެކު ތިންވަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީ.އެސް.ޖީ އޮތީ 837 މިލިއަން ޔޫރޯ (981.5 މިލިއަން ޑޮލަރު) އާއެކު ހަތަރުވަނައިގައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ކްލަބުތަކުގެ ލިސްޓުގެ ފަސްވަނަ ލިވަޕޫލުން ހޯދީ 836 މިލިއަން ޔޫރޯ (980.4 މިލިއަން ޑޮލަރު) ގެ އާމްދަނީއަކާއެކުގައެވެ. މިއީ މި ރޭންކިންގެ 29 އަހަރުވީ ތާރީޚުގައި އިނގިރޭސި ކްލަބަކުން މިހާތަނަށް ދެއްކި އެންމެ ވަރުގަދަ ނަތީޖާއެވެ.

މެންޗެސްޓާ ސިޓީ ހަވަނައަށް ވެއްޓުނީ 829 މިލިއަން ޔޫރޯ (721.3 މިލިއަން ޑޮލަރު) ގެ އާމްދަނީއަކާއެކުގައެވެ. އަދި މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އޮތީ 822 މިލިއަން ޔޫރޯ (1.1 ބިލިއަން ޑޮލަރު) އާއެކު ހަތްވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ