ތައިލެންޑްގައި މިހާރު ކުރިޔަށްދާ ސާފް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރާއްޖެ ކުޅޭ ފަހު މެޗު މިއަދު މެންދުރު ރާއްޖެ ގަޑިން 12:00 ގައި އޮންނާނެއެވެ. 14 ޖެނުއަރީ 2026 ގައި ފެށި ފިރިހެން ޑިވިޝަނުގައި ރާއްޖެ ކުޅުނު 5 މެޗުން މޮޅުވެ ޗެމްޕިއަންކަން ރާއްޖެ ވަނީ ހޯދާފައެވެ. އެގޮތުން ޕާކިސްތާނު 7 ލަނޑު 1 ލަނޑުން ، ބަންގްލަދޭޝް 6 ލަނޑު 2 ލަނޑުން ، އިންޑިޔާ 5 ލަނޑު 0 ލަނޑުން ، ނޭޕާލް 2 ލަނޑު 1 ލަނޑުން އަދި ބޫޓާން 3 ލަނޑު 1 ލަނޑުންނެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ރާއްޖެއަށް ވަނީ 5 މެޗުން މޮޅުވެ 15 ޕޮއިންޓް ހޯދާފައެވެ. ރާއްޖޭގެ ކޯޗާއި ކުޅުންތެރިން ބޭނުންވަނީ މި މުބާރާތުގެ ހުރިހާ މެޗެއްޗެސް ކާމިޔާބުކޮށް ސައްތައިން ސައްތައިގެ ރެކޯޑަކުން މޮޅުވާށެވެ. އެހެންކަމުން މިއަދު ކުޅޭ ލަންކާ މެޗަށްވެސް ނިކުންނާނީ މޮޅުވާންކަމަށް ޓީމުން މަޢުލޫމާތުދެއެވެ.
މިއަދުގެ މެޗަށްފަހު ރާއްޖެއަށް ރަން މެޑަލް ދިނުމުގެ ރަސްމިޔާތު އޮންނާނެއެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ފުޓްސަލް ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް ޓީމަށް 1 މިލިއަން ދިވެހި ރުފިޔާ ދިނުމަށް ނިންމަވާފައެވެ.


