ބާސެލޯނާ ޗެމްޕިއަންސްލީގުގެ ގަދަ 8 އަށް

ކޭމްޕް ނޯގައި ކޯޕަންހޭގަން އަތުން 4-1 އިން މޮޅުވެ، ބާސެލޯނާއިން ގަދަ އަށެއްގެ ތެރޭގައި ހިމެނި ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ސީދާ ކޮލިފައިވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ރޮބާޓް ލެވަންޑޯސްކީ، ލަމީން ޔަމާލް، ރަފީނިއާ އަދި މާކަސް ރަޝްފޯޑް ޖެހި ލަނޑުތަކާއެކު، ކަޓަލޫނިއާގެ މި ޓީމު ތާވަލުގެ ފަސްވަނަ ކަށަވަރުކުރީ 16 ޕޮއިންޓާއެކުގައެވެ. މިއީ މެންޗެސްޓަރ ސިޓީ، ޗެލްސީ އަދި ސްޕޯޓިންއާ އެއްވަރުގެ އަދަދެއް ނަމަވެސް، ބާސެލޯނާއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި 17 އަހަރުގެ ވިކްޓަރ ޑަޑަސަން، ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާ ބަލިކޮށް ލަނޑެއް ޖަހައި ހޯސްޓް ޓީމު ސިއްސުވާލި ނަމަވެސް، ދެވަނަ ހާފު ބާސެލޯނާއިން ފެށީ ވަރުގަދަ ރައްދު ހަމަލާތަކަކާއެކުގައެވެ.

މެޗުގެ 48 ވަނަ މިނެޓުގައި ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ލެވަންޑޯސްކީ ނަތީޖާ އެއްވަރުކޮށްދިންއިރު، 60 ވަނަ މިނެޓުގައި ޔަމާލް ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދައިދީފައެވެ. އޭގެ ފަހުން ލެވަންޑޯސްކީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ނަތީޖާ 3-1 އަށް ބަދަލުކުރިއިރު، މެޗުގެ 85 ވަނަ މިނެޓުގައި ރަޝްފޯޑް ވަނީ ހިލޭ ޖެހުމަކުން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

"އަހަރެމެން އެންމެން މިރޭ މިތަނަށް އައީ ގަދަ އަށެއްގެ ތެރެއަށް ވަނުމުގެ އުންމީދުގައި. މި މޮޅާ މެދު ވަރަށް އުފާވޭ،" 18 އަހަރުގެ ޔަމާލް މޮވިސްޓާ ޕްލަސްއަށް ބުންޏެވެ.

"ޗެމްޕިއަންސް ލީގުގައި ބައިކޮޅަށް ލަނޑެއް ވަނުމުން އަލުން މެޗުގެ ތެރެއަށް އައުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު ޓީމުން ދެއްކި ހިތްވަރާއެކު ނަތީޖާ އަނބުރާލެވިއްޖެ. ސީޒަނެއްގައި އަޅުގަނޑުމެން ކުޅޭ މެޗުތަކުގެ އަދަދަށް ބަލާއިރު، ދެ މެޗު މަދުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ