ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވައިފިއެވެ. ރޭ ރެހެންދި ފުޓްސަލް ދަނޑުގައި ބޭއްވި ގުރުއަތުލުމުގައި ވަނީ ދެވަނަ ބުރަށް ދިޔަ 16 ޓީމު ، ދެވަނަ ބުރުގައި ކުޅޭނެ ޓީމުތައް ނަގާފައެވެ. އެގޮތުން
ޒޯން 1 ގެ ޗެމްޕިއަން ހދ. ނައިވާދޫ ވާދަކުރާނީ ޒޯން 5 ގެ ރަނައަޕް މ.ދިއްގަރު
ޒޯން 2 ގެ ޗެމްޕިއަން ރ.ދުވާފަރު ވާދަކުރާނީ ޒޯން 7 ގެ ރަނައަޕް ސ. ހިތަދޫ
ޒޯން 3 ގެ ޗެމްޕިއަން ބ.އޭދަފުށި ވާދަކުރާނީ ޒޯން 8 ގެ ރަނައަޕް މައްޗަންގޯޅީ
ޒޯން 4 ގެ ޗެމްޕިއަން އއ. މަތިވެރި ވާދަކުރާނީ ޒޯން 6 ގެ ރަނައަޕް ލ.އިސްދޫ
ޒޯން 5 ގެ ޗެމްޕިއަން ދ.ކުޑަހުވަދޫ ވާދަކުރާނީ ޒޯން 2 ގެ ރަނައަޕް ށ.ކަނޑިތީމު
ޒޯން 6 ގެ ޗެމްޕިއަން ތ.ތިމަރަފުށި ވާދަކުރާނީ ޒޯން 1 ގެ ރަނައަޕް ހއ.މާރަންދޫ
ޒޯން 7 ގެ ޗެމްޕިއަން ގއ.ދެއްވަދޫ ވާދަކުރާނީ ޒޯން 4 ގެ ރަނައަޕް ވ.ކެޔޮދޫ
ޒޯން 8 ގެ ޗެމްޕިއަން ވިލިމާލެ ވާދަކުރާނީ ޒޯން 3 ގެ ރަނައަޕް ކ.ގާފަރު
ދެވަނަ ބުރުގެ މެޗުތައް ފަށާނީ 5 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހު ހަވީރު 4:00 ގައެވެ.


