ބެންޒީމާ އަލްހިލާލަށް ބަދަލު ވެއްޖެ

ސައުދީ ޕްރޯ ލީގުގެ އަލްއިއްތިހާދަށް ކުޅެމުންދިޔަ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކަރީމް ބެންޒީމާ، އެ ލީގުގެ އަލްހިލާލަށް ރަސްމީކޮށް ބަދަލުވެއްޖެއެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 38 އަހަރުގެ ބެންޒީމާ އަލްހިލާލަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފަރއެއްގެ ދަށުންނެވެ. އޭނާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގައެވެ.

ފަރަންސޭސިވިލާތުގެ ތަޖުރިބާކާރު ފޯވާޑް ބެންޒީމާ ވަނީ ނިމިދިޔަ ސީޒަނުގައި އަލްއިއްތިހާދަށް ސައުދީ ލީގާއި ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ މޮޅު ކުޅުމާއެކު، މިދިޔަ ސީޒަންގެ ސައުދީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ބެންޒީމާއެވެ.

2023 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އަލްއިއްތިހާދާ ގުޅުނު ފަހުން، ބެންޒީމާ ވަނީ އެ ޓީމަށް ކުޅުނު 74 މެޗުގައި 43 ލަނޑު ކާމިޔާބުކޮށްދީފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑިއޯ އެވޯޑްވެސް ކުރިން ހޯދާފައިވާ ބެންޒީމާ، އަލްހިލާލަށް ބަދަލުވުމަކީ އެ ޓީމުގެ އެޓޭކިންގް ލައިނަށް ލިބޭނެ ވަރަށް ބޮޑު ވަރުގަދަކަމެއް ކަމަށް ކުޅިވަރު މުހައްލިލުން ދެކެއެވެ.

މި ބަދަލާއެކު، ބެންޒީމާ ދެން ފެނިގެންދާނީ ސައުދީ ލީގުގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ އަލްހިލާލްގެ ނޫ ކުލައިގެ ޖާޒީގައެވެ. އޭނާގެ ތަޖުރިބާއާއި ހުނަރުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް މުބާރާތްތަކުގައި ކާމިޔާބީ ހޯދުމަކީ އަލްހިލާލްގެ ބޮޑު އަމާޒެކެވެ. މި ސީޒަންގައި ސައުދީ ޕްރޯ ލީގުގެ އެއްވަނައިގައި އޮތީ އަލްހިލާލެވެ. އަލްއިއްތިހާދު އޮތީ 6 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ