ބާސާ ކޮޕަޑެލްރޭގެ ސެމީފައިނަލަށް

ކޮޕާ ޑެލް ރޭގައި އަލްބަސެޓޭއިން ދައްކަމުން އައި ކާމިޔާބު ކުޅުން ބާސެލޯނާއިން ނިމުމަކަށް ގެނެސްފިއެވެ. އަންގާރަ ދުވަހު ރަށުން ބޭރުގައި ކުޅުނު މި މެޗު 2-1 އިން ކާމިޔާބުކޮށް، ބާސެލޯނާ ވަނީ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ލަމީން ޔަމާލް ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދައިދިންއިރު، ދެވަނަ ހާފުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި ކެޕްޓަން ރޮނާލްޑް އަރައުހޯ ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު، މިދިޔަ އަހަރުގެ ޗެމްޕިއަން ބާސެލޯނާއަށް ތަށި ދިފާއުކުރުމުގެ އުންމީދު ވަނީ އާވެފައެވެ.

ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގެ އެހެން މެޗުތަކަށް ބަލާއިރު، ބުދަ ދުވަހު ޑިޕޯޓިވޯ އަލަވޭސް ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ. އަދި ވެލެންސިއާ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ނުކުންނައިރު، ބުރާސްފަތި ދުވަހު އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާނީ ރެއާލް ބެޓިސްއާއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ސެވިލްގައި ކުޅެ، އިތުރު ވަގުތުގެ ތެރޭގައި ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ ވަނީ މި މުބާރާތުގެ ތަށި އުފުލާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ