ވެލެންސިޔާގެ ޒުވާން ކުޅުންތެރިން /ފޮޓޯ: އަދަދު ސްޕޯޓްސް

ނިއު އާއި ގްރީން މެޗަށް ވެލެންސިޔާ އިންތިޒާރު ކުރަން ޖެހިފައި

ދިރާގު ދިވެހި ޕްރެމިއަރ ލީގުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން ކްލަބް ވެލެންސިޔާ ވަނީ ކްލަބް އީގަލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ނަމަވެސް، މި މޮޅާއެކުވެސް ވެލެންސިޔާ އަށް ލީގުގައި ދެމިއޮތުމަށްޓަކައި، މިއަދު ހަވީރު ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރަން ވަނީ ޖެހިފައެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އައިދު ވަނީ ލަނޑެއް ޖަހައި ވެލެންސިޔާ އަށް ކުރިހޯދައިދީފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ އުރުގުއޭ މިޑްފީލްޑަރު މަޓިއަސް އަޕެލްޓް ޖެހި ލަނޑާއެކު ވެލެންސިޔާ އިން ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މި ނަތީޖާއާއެކު ވެލެންސިޔާ އަށް ވަނީ ކުޅުނު 18 މެޗުން 12 ޕޮއިންޓް ލިބިފައެވެ. ރެލިގޭޝަން ޒޯންގައި އޮތް ގްރީން ސްޓްރީޓަށް 17 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މިއަދު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން ގްރީން ސްޓްރީޓް އެއްވަރުވިޔަސް ވެލެންސިޔާ ރެލިގޭޓް ވާނެއެވެ.

ވެލެންސިޔާ އަށް ރެލިގޭޓް ނުވެ ސަލާމަތްވެވޭނީ މިއަދުގެ މެޗުން ނިއުރޭޑިއަންޓް އަތުން 5 ލަނޑުގެ ތަފާތަކުން ގްރީން ސްޓްރީޓް ބަލިވެއްޖެނަމައެވެ.އޭރުން ގޯލުގެ ތަފާތުން ގްރީން އަށް ވުރެއް ވެލެންސިޔާ ކުރި ލިބޭނެތީއެވެ. މިހާރު  ވެލެންސިޔާ ގެއްލުން 28 ގޯލު އޮތްއިރު ، ގްރީން އަށް ގެއްލުން އޮތީ 24 ގޯލެވެ.

2018 ވަނަ އަހަރުވެސް ވެލެންސިޔާ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. ނަމަވެސް 2020 ވަނަ އަހަރު އެ ޓީމު އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއެވެ.

ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު އަނެއް މެޗުގައި، މިހާރުވެސް ރެލިގޭޓްވެފައިވާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެފައެވެ. މި މެޗުގެ ފަހުކޮޅު ޔޫވީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިސްރު ފޯވާޑް މަހްމޫދު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ