ފަހުވަގުތު ސެސްކޯ މެންޔޫ ސަލާމަތްކޮށްދީފި

މައިކަލް ކެރިކްގެ ފުރިހަމަ ފެށުމަށް ނިމުމެއް އައިއިރު، ބެންޖަމިން ސެސްކޯ ކާމިޔާބުކޮށްދިން ލަނޑުން ވެސްޓް ހޭމް އަތުން މެންޗެސްޓަރ ޔުނައިޓެޑް 1-1 އިން އެއްވަރުވެ ސަލާމަތްވެއްޖެއެވެ.

އަންގާރަ ދުވަހު ލަންޑަން ސްޓޭޑިއަމްގައި ކުޅުނު ޕްރިމިއާ ލީގު މެޗުގައި، ރެލިގޭޝަންގެ ބިރު އޮތް ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޔުނައިޓެޑަށް ޕޮއިންޓެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެސްކޯ މެޗުގެ 96 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ.

މި ނަތީޖާއާއެކު 26 މެޗުން 45 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ތާވަލުގެ ހަތަރުވަނަ މަގާމުގައި އޮތްއިރު، ވެސްޓް ހޭމް ވަނީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 24 ޕޮއިންޓް ހޯދާފައެވެ. އެއީ ރެލިގޭޝަނުން ސަލާމަތްވާ ސަރަހައްދަށްވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ.

ކެރިކް ޓީމާ ހަވާލުވި ފަހުން ޔުނައިޓެޑުން ޖެހިޖެހިގެން ހޯދި ފޯރިގަދަ ހަތަރު މޮޅާއެކު، ސީޒަނުގެ ނިޔަލަށް އައްޔަންކޮށްފައިވާ ކުރީގެ މިޑްފީލްޑަރަށް ދާއިމީކޮށް އެ މަގާމު ދިނުމަށް ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ