މާލޭގެ ބާޒާރުމަތި 1970ގެ އަހަރުގެ ތެރޭގައި އޮތް ގޮތް

ތާރީޚުގެ މުހިއްމުކަމާއި އޭގެ ޙަޤީޤަތް ހޯދުމުގެ ޒިންމާ

މިއަދަކީ ޤައުމީ ތާރީޚުގެ ދުވަހުގެ ދުވަހެވެ. ތާރީޚަކީ ކޮންމެ ޤައުމެއްގެވެސް އަދި ކޮންމެ މުޖުތަމަޢެއްގެވެސް ބިންގަލެވެ. ތާރީޚާ ނުލައި އެއްވެސް ބަޔަކަށް އެބައެއްގެ އަސްލު އަންދާޒާކޮށް، މުސްތަޤުބަލުގެ މަންޒިލް މަޤްޞޫދަށް ވާޞިލުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އަޅުގަނޑުމެންނަކީ ކޮން ބައެއްކަމާއި، އަޅުގަނޑުމެންގެ ކާބަފައިންނަކީ ކޮބައިކަން އެނގެން އޮތީ ހަމައެކަނި ތާރީޚުގެ ތެރެއިން ކަމަށްވާތީއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތާރީޚާ ރައްޓެހިވެ، އޭގެ ޙަޤީޤަތް ހޯދުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ލާޒިމު ކަމެކެވެ.

ތާރީޚީ މަޢުލޫމާތުގެ މަދުކަން
މިއަދު އަޅުގަނޑުމެންނަށް އެނގެން އޮތް ތާރީޚަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އެނގެނީ ހަމައެކަނި ޤައުމީ ފެންވަރުގައި ހިނގާފައިވާ ބޮޑެތި ޙާދިޘާތަކެވެ. ނަމަވެސް، ވަކިވަކި ރަށްރަށާއި މުޖުތަމަޢުތަކުގެ ތާރީޚަށް ބަލާއިރު، އެނގެން ހުރި މަޢުލޫމާތު މާބޮޑަށްވެސް މަދެވެ. ކޮންމެ ރަށަކީވެސް އަމިއްލަ ވަންތަ ތާރީޚެއް އޮތް ތަނެކެވެ. އެ ރަށެއްގައި ހިނގާފައިވާ ކަންތައްތަކާއި، އެ ރަށެއްގެ މީހުން އުޅެފައިވާ ގޮތުގެ ތާރީޚު ލިޔެ ރައްކާކުރެވިފައި ނެތުމަކީ އަންނަން އޮތް ޖީލުތަކަށް ލިބޭނެ ބޮޑު އުނިކަމެކެވެ.

ތާރީޚު ލިޔެ ރައްކާތެރިކުރުމުގެ މުހިއްމުކަން
ކިތަންމެ އާބާދީ ކުޑަ ރަށެއް ނަމަވެސް، އެ ރަށެއްގައި ހިނގާ ކަންތައްތަކުގެ ތާރީޚު މިހާރުން މިހާރަށް ލިޔަން ފެށުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއަދު އަޅުގަނޑުމެން ލިޔާ މި ލިޔުންތަކަކީ މީގެ ސައްތައެއްހާ އަހަރު ފަހުން ދިރިއުޅޭނެ ބަޔަކަށް ލިބޭނެ އަގުބޮޑު ޚަޒާނާއެކެވެ. އޭރުން އެމީހުންނަށް އަޅުގަނޑުމެންގެ ދިރިއުޅުމާއި، އާދަކާދަތައް މިއަދު އަޅުގަނޑުމެންނަށް އެނގޭ ވަރަށްވުރެ މާ ފުރިހަމައަށް އެނގޭނެއެވެ. މިއީ ހަޤީޤަތުގައިވެސް ކުރަންޖެހިފައިވާ ޤައުމީ މަސައްކަތެކެވެ.

ޤައުމީ ތާރީޚު އާ ފޯރިއެއްގައި ދިރުވުން
ޤައުމީ ތާރީޚަށް ބަލާއިރު، އަދިވެސް ފުރިހަމަ ނުވެ ހުރި އެތައް ބައިތަކެއް އެބަހުއްޓެވެ. އަލަށް ހޯދަންޖެހޭ ކަންތައްތަކާއި، ތަޙުޤީޤު ކުރަންޖެހޭ އެތައް ޙާދިޘާތަކެއް އެބަހުއްޓެވެ. މި މަސައްކަތް އާ ފޯރިއަކާއެކު ފަށައި، ތާރީޚަކީ މިހާރަށްވުރެ މާ ޝައުޤުވެރި އެއްޗަކަށް ހަދަންޖެހެއެވެ. ތާރީޚަކީ ހަމައެކަނި ދުވަސްވީ މީހުންނަށް އެނގޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށް، ޒުވާނުންގެ މެދުގައި ތާރީޚަށް ލޯބި ޖެއްސުމަކީ މުހިއްމު ކަމެކެވެ.

ދިވެހީން މިވަޠަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާކަމަށް ހެކިދެނީ ދިވެހި ތާރީޚު ކަމަށާއި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިންމައި ޗާލުކޮށްލި ބާޒާރުމަތީ މަގު ހުޅުވައިލުން، ފޮޓޯ: އެމްޓީސީސީ

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ޤަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ޙިކްމަތްތައް ލިިބިގެންދާކަމަށް ވިދާޅުވިއެވެ. އަދި، ދިވެހިން މި ފަޚުރުވެރި ޤައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީޚުން ހެކިދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަަމައެހެންމެ، އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީޚު ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‎ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ތާރީޚާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައެވެ.

ތާރީޚަކީ އަޅުގަނޑުމެންގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ދެނެގަތުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތެވެ. ރަށްރަށުގެ ތާރީޚާއި ޤައުމީ ތާރީޚު ރަނގަޅަށް ދިރާސާކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާކުރުމަކީ މިއަދުގެ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. އޭރުން އަޅުގަނޑުމެންގެ ޤައުމީ ބިނާ ވަރުގަދަވެ، މުސްތަޤުބަލުގެ މަގުތައް އަލިވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ