މަނަދޫ އަޒީގެ ޅެންހާރު: ދިވެހިބަސް

*ރާގު! ޢަޞްރުދިޔައީ ގެއްލިގެން.،..
ދިވެހިބަސް ދިވެހީންބަހޭމީ ދިވެހި ޤައުމިއްޔަތުދިރޭ
ރިވެތި ހުރިހައި ސިފަތަކެއް އެކުލެވިހިނގާ އެބަހުގެތެރޭ
ހިތުގެފުނުގައި އުފެދިދާ (އެކިއެކި ޝުޢޫރާ ސިއްރުތައް 2)
އިތުރު ފުރިހަކަންމަތީ ލަފުޒުންކިޔައި އިއްވާނެރޭ
ފަޚްރުވެރިވުންޙައްޤު ރީތި (އޮމާންކަމެއް ފެނިގެންމެދާ 2)
ފަޚްރަކަށް ޤައުމުގެ ބަހާއިން ފެންނަމީ ބޮޑު ޖައުހަރޭ
ބޭނުމާ ބޭނުންތަކާ (ހިއްސާކުރަން ހުރަހެއްނުވާ 2)
ހޭނި ދޫތައް ރީތި އުސްލޫބުން ޝިކާޔަތުތައް ނެރޭ
ރީތި ފަށުވި އޮމާންކަމާ (ހިތްގައިމުކަން ދެގޮތެއްނުވާ 2)
ރީތި ފުރިހަމަވީ ގަވާއިދަކާއެކީވާ ބަހުތެރޭ
ދިރުވުމަށް ޤައުމިއްޔަތުގެ (ރޫޙާއި ވިންދާ ޤައުމުގައި 2)
ފިރުކި ދިޔަނުމެދީ ހިފަންއޮތް ބާރުމިއްޔޭ މުށުތެރޭ
14 އެޕްރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *