މަނަދޫ އަޒީގެ ޅެންހާރު: ކީއްބާ މިވަނީ؟

*ރާގު! ތިޔަހެންނުހައްދަވާށެ އިނގޭތޯ ވެރީސޮރީ،. .
ކޮންފަދަ ބަދަލުތަކެއްހެ ނިޒާމަށް މިއަންނަނީ
ކޮންފަދަ އަލާމަތެއްގެ އަސަރުހޭ މި ފެންނަނީ
ޠޫފާންތަކުންޖެހޭފަދަ ގަދަ ރޯޅިތައްއަރައި 2
މޫސުން ވަރަށް ތަފާތުވެދާތަން މި ފެންނަނީ
އިރުވައިގެ ހަމަހިމޭންކަން ނެތިގޮސް އެކީފިލައި 2
އިރުއިރުކޮޅުން ނުލާހިކު ވިއްސާރަ ގަދަވަނީ
ކަނޑުގައި ދަތުރުކުރާގަދަ އޮވަރު އެ ބާރުގައި 2
މަޑުޖެހިނުލައި ވަށައިގެން އެނބުރޭގޮތެއްވަނީ
އުދަބާނިތައް ދަމާލައި ކަނޑުގައި ހުރަސް ދިގަށް 2
އުދައެއް އަރަންއުޅޭހެން ހީވާގޮތެއް ވަނީ
ދިޔަވަރު އޮޔާއި ބަދަލުވެ ކުރިޔާ ތަފާތުކޮށް 2
ބިޔަރާޅު ކަނޑުތެރޭގައި އުފެދޭގޮތެއް ވަނީި
ެއުދަރެސް ހަތަރުފަރާތުގެ ނެތިފައި ވިލާ އޮތަސް 2
އުދަރެހުގެކައިރި އެކަމަކު ފުސްކޮށް އެދައްކަނީ
ހޫނާ ފިނީގެ އަސަރާ ވައި ބަދަލުވާގޮތުން 2
މޫސުން ލަފާކުރުން ދަތިކަމަކަށް ވެފައި ވަނީ
މޫސުން މިހައި ތަފާތުވެދާ ސަބަބަކާމެދަށް 2
ދޫތައް ޖަވާބުނޭނގި މި ހުއްޓޭގޮތެއް ވަނީ
14 އެޕްރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *