މަނަދޫ އަޒީގެ ޅެންހާރު: ތިބާޔަށް އެންމެ ހެޔޮގޮތަކީ

*ރާގު! އަނހާއަސްތާ މަގޭލޯތްބާ.،،..
ތިބާމުދަލުން ޒަކާތްދިނުމޭ ތިބާޔަށް އެންމެ ހެޔޮގޮތަކީ
ތިބާގެމުދާ ކުރަންޠާހިރު އެނޫންހޭ؟ އެންމެމޮޅު ގޮތަކީ
ނަމާދަށްފަހު ޒަކާތްދިނުމަށްއަމުރު ޤުރްއާނުގައި އައުމުން
ސަމާލުކަމެއްދިނުން ނޫންހޭ؟ މިއަމުރުން ދޭހަވާކަމަކީ
މުދާގިނަގުނަކުރައްވައި މުދަލުގައިބަރަކާތް އިތުރުލައްވައި
މުދާޙައްޤުވެ ދިއުންނޫންހޭ؟ ޒަކާތުންދޭ ފިލާވަޅަކީ
އަމާނާތެއްކަމަށް ވާހިނދު މުދަލަކީ ދުނިޔެއިން މިލިބޭ
އަމާނާތް އޭގެ އަހުލުންނަށް ދިނުންނޫންހޭ؟ ސަލާމަތަކީ
ހިތުގެ ދަހިވެތިކަމާއެކުގައި މުދާއެއްކޮށް ޒަކާތް ނުދިނުން
އިތުރުވޭން ދެދުނިޔޭންލިބުމަށް މިނޫންހޭ؟އޮތް ނުބައި މަގަކީ
ސުވާލުވެވޭ ކަމެއްކަމުގައި މުދާވާއިރު ޤިޔާމަތުގައި
ސުވާލަށް ހެޔޮ ޖަބާބެއް ނުދެވުމެއްނޫންހޭ؟ ހިތާމަޔަކީ
މުދާއެއްކޮށް ޚަޒާނާކޮށް މިތާނގައި އުޅުނު މީހުންނަށް
މުދާފެންނާނެގޮތް "އެދުހުން" މިނޫންހޭ؟ އެންމެބޮޑު ބިރަކީ
މިތާ ބޭނުންކަމެއްކޮށްފައި މުދާ އިސްރާފުކޮށް އުޅެފައި
"އެތާ" އިސްޖެހި ފަޟީޙަތްވުން މިނޫންހޭ؟ އެންމެ ލަދުކަމަކީ
ފަޤީރުކަމާއި ނިކަމެތިކަން ޖަމާޢަތުގައިވި ނެތިކުރުމަށް
ޙަޤީޤަތުގައި މިއީނޫންހޭ؟ މިދީނުންދޭ ޔަޤީންކަމަކީ
17 އެޕްރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *