މަނަދޫ އަޒީގެ ޅެންހާރު: މީ ދޮގެއްތަ؟

*ރާގު! މަލާތިޔަމަލުގެ ޝަރަފުގައޭ.،،..
އަމިއްލައަތުންނެ އިންސާނާ ހަލާކަށް ވެއްޓިގެންމިދަނީ
އަމިއްލަތިމާގެ ޢަމަލުންނޭ ދެދުނިޔޭން ގެއްލިގެންމެދަނީ
ބަނީއާދަމްގެ ޝަރަފާއެކު ބިމަށް ދުނިޔޭގެ ފޮނުވީމާ 2
ވަނީ ކޮންޙާލަތެއްގައިހޭ؟ މި އިންސާނާ ބުނަންޖެހެނީ
ނުބައިފާޙިޝް ޢަމަލްތައްކޮށް އެކަންކަން ފަތުރަމުންދާއިރު 2
ކޮބައިހޭ؟ އަގަލު އިންސާނާ ސުވާލުމި އުފެދިގެންނެދަނީ
އެހެންމީހުންގެ ޙައްޤުތަކާ ކަރާމާތަށް އަރައިގަތުމަށް 2
އެހެން ކޮންހަމަޔަކާ އިންސާފަކުންހޭ؟ ޖާގައެއްލިބެނީ
މިއަދު މޭފުއްޕަމުން ޣާފިލްކަމުގެ ކޫޒުން ބޮމުންދާއިރު 2
މިއަދުތިބި ޙާލު ބަދަލުވެދާނެގޮތެކޭ ފަހުމުވެސް ނުވަނީ
ބަލާޔާއެކި މުޞީބާތާ ދިމާވާ އެންމެ ބޮޑުކަމަކަށް 2
ބަލާއިރު އެންމެހައި ފާޙިޝް ޢަމަލްނޫންހޭ؟ ވެފައމިވަނީ
ކުރީ އުންމަތްތަކަށް ވީގޮތްތަކާމެދު ފިކުރު ހިންގީމާ 2
ހުރީ ޢިބްރަތުގެ ދަރުސުތަކެއްކަމޭ ކަށަވަރުވެފައި މިވަނީ
ކަރާމާތްތެރިވި އިންސާނާ އަގަލު ޖަނަވާރުފަދަވީމާ 2
ފަރާތްތަކުގައި ބިރާ ނާމާންކަމާ ސިހުމޭ އުފަންވެދަނީ
އޮތީ ކޮން އާރަކާ ބާރެއްހެ ވިސްނާއިރު މި އިންްސާނާ 2
އޮތީ ކުޑަހިނދުކޮޅެއްނޫންހޭ؟ މިއޭ މި އަޖައިބަކަށްވެދަނީ
މިއަދު ޙީލަތްހަދައި އޮޅުވާލަމުން ދިޔަޔަސް މި އިންސާނާ 2
މިއަދު ނިމި މާދަމާ ބޭޒާރުވާނެކަމޭ ޔަޤީންވެދަނީ
28 އެޕްރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *