މަނަދޫ އަޒީގެ ޅެންހާރު: ފާޅުވި ނޫރު މުޙަންމަދު

* ރާގު! އާޚްރީގީތު މުޙައްބަތުކަ،….
ފާޅުވީނޫރު މުޙަންމަދު އެ މިދޭހުން ވިދަނީ
(ހާމަޔަށްދޭހުގައި 2) އަލި އެންމެއުޖާލާ ވެދަނީ
ކާއިނާތުންނޭ އެ ނޫރުން އަލި ވިދުވާލީމާ 2
އުފެދި ދައްކާލި އުޖާލާކަން އެކީ އާވީމާ
ސާފުޖައްވެއްގައި އެހުރި ޝާއްބަކަމޭ ހާމަވަނީ

ރާގުތައްރީތިހައި އެކުވީމި ފަޒާގައި ކައުނާ 2
ރާޙަތާ މީރުކަން ގެނުވީ މިބަށް އާދިރުމާ
މާތް މަޙާސިނުގައި އެނޫރޭ އަލި ބަބުޅާ ވިދަނީ

އޭރު ދުނިޔޭގައި ދައުރުވީ އަލި ނޫރޭ ރޯޝަން 2
ދޭހުގައިހާމަވީ މާރީތިކަމޭ ވީ ފެންނަން
ނޭނގި ހިތްތަކުގައި އަސަރުއޭގެ އަލިންނޭ ފެވުނީ
29 އެޕްރީލް 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *