މަނަދޫ އަޒީގެ ޅެންހާރު: ނޯޅޭށެ އޭ! މުސާފިރު

*ރާގު! އޯރާތުހޭ މުސާފިރު…..
ނޯޅޭށެ އޭ! މުސާފިރު ތަންދީ ފުރަންޖެހޭނޭ
ހޯދާ އަރާމު އުފަލާ ވަކިވާން ތިބާ ޖެހޭނޭ
ޣާފިލްކަމުގެ ނިދީގައި ދުނިޔޭތަންމަތީގައި
މާރީތި ހުވަފެނެއްގައި (އުޅުނަސް އެހައިމަޖަލުގައި 2)
ޖާހާއި ޢިއްޒަތާއެކު ދޫކޮށް އެކަނި ދަތުރުގައި
ހޯދާ އަރާމު އުފަލާ ވަކިވާން ތިބާ ޖެހޭނޭ
އާރާއިބާރުލިބިފައި ހުއްޓަސް މިއަދު މި ތަނުގައި
މާލާމުދާ ވަށައިގެން (އޮހެމުން އަޔަސް އެކީގައި 2)
ޝާނާއި ޝައުކަތާނެތި ބަލިކަށިކަމާއެކީގައި
ހޯދާ އަރާމު އުފަލާ ވަކިވާން ތިބާ ޖެހޭނޭ
ފަރުުދުންގެ ޢިއްޒަތާމާތް ޝަރަފާ ނަގައިލިޔަސްއަދު
ބަރުބާދު ނަފުސުތައްކޮށް (ވެއްޔާއި މޮޑެލިޔަސްއަދު 2)
ވަރުނެތިވެދާ ދުވަހުގައި ނިކަމެތިކަމާ އެކީގައި
ހޯދާ އަރާމު އުފަލާ ވަކިވާން ތިބާ ޖެހޭނޭ
1 މެއި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *