މަނަދޫ އަޒީގެ ޅެންހާރު: މިތަނަށް މިވާގޮތް ބުނެދީބަލާށޭ

*ރާގު! ދިޔަވަތްރަނގަޅުއޮޑި ރިޔަލަށްކެރެންޏާ،…
ކިހިނެއްހެ މިވަނީ މިތަނަށްކަލޭނޭ މިތަނަށްމިވާގޮތް ބުނެދީބަލާށޭ
ކިހިނެއްހެ ކަންތައްމިދަނީ ކުދިންނޭ މިތަނަށްމިވާގޮތް ބުނެދީބަލާށޭ
ެ
އިޖްތިމާޢީފޭރާން އިރިއްޖޭ މީހުންހަޔާތާ އަގަލާނެތިއްޖޭ 2
ހަޖުލާއި ޖަދަލާ ހައްދެއް ނެތިއްޖޭ މިތަނަށް މިވާގޮތް ބުނެދީބަލާށޭ
ރީތިހުރިހައި ސިފަތައްނެތިއްޖޭ ވީހައިނުބައިކަންކަން ޢާއްމުވެއްޖޭ 2
ހީލާއުޅޭނޭ ހިތްވަރުނެތިއްޖޭ މިތަނަށް މިވާގޮތް ބުނެދީބަލާށޭ
ޙަސަވެރިކަންމުޅިތަން ހިފައިފިޔެ ފިތުނައިގެއަލިފާނުން ހުޅުފަޅައިފިޔެ 2
މަސަލަސްކަމާޞުލްޙައެއްކޮށް ނެތިއްޖެޔެ މިތަނަށްމިވާގޮތްބުނެދީބަލާށޭ
އިޙްތިރާމެއް އަނެކާޔަކަށްނެތެ އިތުބާރުކުރެވޭ މީހަކުއަދަކުނެތެ 2
އިޙްސާސުގައިރަޙްމުކުލުނެއްނުވެސްނެތެ މިތަނަށްމިވާގޮތްބުނެދީބަލާށޭ
މީޑިޔާތައް މިނިވަންވެއައިމާ ސީދާބަހުންބަސް ބުނެވެންފެށީމާ 2
"ހީވާގިކަން"އޭގެ ހައްދެއްނެތީމާ މިތަނަށް މިވާގޮތް ބުނެދީބަލާށޭ
އަދަބުއަޚްލާޤާނެތިހިގެއްޖޭ ޤަދަރާއި ޝަރަފާ ފައިދަށުލެވިއްޖޭ 2
ގަދަބާރުއޭ ޢަދުލުކަމުގައިފެނިއްޖޭ މިތަނަށް މިވާގޮތް ބުނެދީބަލާށޭ
ހަޑިވެޤައުމުގެ މަލަމަތިދަނިއްޔޭ އަޑިިޔަށްތަނުގެނަން ފެތިގެންދަނިއްޔޭ 2
ހަޑިހައިކަމެއްނަމަ ފަތުރައިލަނިއްޔޭ މިތަނަށް މިވާގޮތް ބުނެދީބަލާށޭ
4 މެއި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *