އައިޖީއެމްެއެޗް

ކަނޑުމަތީގެ އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފި

މާލެ ކަނޑުމަތިން ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 5 މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1″ ނަމަކަށް ކިޔާ ލޯންޗެއް މާލޭގެ ޢިއްޒުއްދީން ފާލަމަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 21:16 އެހާކަންހާއިރުއެވެ. މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެކްސިޑެންޓް ހިނގުމަށްފަހު މަޑުނުކޮށް ގޮސްފައެވެ.

މި ޙާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. އައިޖީއެމްއެޗުން ވިދާޅުވީ، މީގެ ތެރެއިން 3 މީހަކަށް އިތުރު ފަރުވާ ދިނުމަށް ވޯޑުގައި އެޑްމިޓްކޮށްފައިވާއިރު، ބާކީ 2 މީހުންނަށް އިމަރޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ