މަތީ އަރުތަވެރިންގެ 3ވަނަ ދަންފަޅި ނައިބް ރައީސް ޝަރަފުވެރިކޮށްދެއްވުން، ފޮޓޯ: ޕީއެސްއެމް ނިއުސް

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ 3 ވަނަ ދަންފަޅި ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

މަތީ ސާނަވީ ތައުލީމު ނިންމި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު 2025″ ދިނުމު ރަސްމިއްޔާތުގެ ތިންވަނަ ދަންފަޅި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ތައުލީމީ ވަޒީރާއި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

މި ދަންފަޅީގައި މަތީ ސާނަވީ އިމްތިހާނުތަކުން ގަދަ 10 އެއްގެ އެކި ދަރަޖަތައް ހާސިލުކުރި ޖުމްލަ 390 ދަރިވަރުންނަށް އިނާމު ދީފައިވެއެވެ. އޭގެ ތެރޭގައި ގަދަ 10 އެއްގެ 4 ވަނަ އިން ފެށިގެން 10 ވަނައާ ހަމައަށް ހާސިލުކުރި ކުދިން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ގަދަ 10 އެއްގެ 5 ވަނަ ހާސިލުކުރި 42 ކުދިންގެ ތެރެއިން 16 ކުއްޖަކަށް އަދި 4 ވަނަ ހާސިލުކުރި 48 ކުދިންގެ ތެރެއިން 7 ކުއްޖަކަށް އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ