ފުލުހުންގެ އިދާރާ: ޓީޗަރަކު ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ދެއްކި މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: މިހާރު

ޕީއެންސީގެ އިންތިޚާބު ކުރިއަށްދަނިކޮށް ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލަނީ

ސިޔާސީ ޕާޓީއެއްގެ (ޕީއެންސީ) އެތެރޭގެ އިންތިޚާބެއް ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ، ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރުއެވެ.

ފުލުހުން ވިދާޅުވީ، އެ ސުކޫލަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ