އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލައިފި

މި އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްބްރިޖް އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރަން ފަށައިފި ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ވިދާޅުވެއްޖެއެވެ.

އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ހިނގާ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12:00 އެވެ. އަދި އިމްތިޙާނުގެ ފީތައް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ސަރުކާރުގެ ޕޭމަންޓް ޕޯޓަލް "ބަނޑޭރި ޕޭ" މެދުވެރިކޮށެވެ.

މި އިމްތިޙާނާ ގުޅޭ އިތުރު ތަފްޞީލާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ އިރުޝާދުތައް ޑީޕީއީގެ ލިންކްޓްރީ ޕޭޖުން ލިބެން ހުންނާނެއެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅައި، ފައިސާ ދައްކާ ނިންމުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

މިއަހަރުގެ މަތީ ސާނަވީ ތަޢުލީމުގެ ޙާލަތަށް އަލިއަޅުވާލައްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މިއަހަރު މަތީ ސާނަވީއަށް މުޅިން އަލަށް 13 ސްކޫލެއްގައި ކިޔަވައިދޭން ފަށާފައިވާއިރު، 3,200 އެއްހާ ދަރިވަރުން ވަނީ ކިޔެވުން ފަށާފައެވެ. އަދި މި މަރުހަލާގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް މިއަހަރު ވަނީ 32 އިންސައްތައިން 49 އިންސައްތައަށް އިތުރުވެފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއީ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ސަރުކާރުން ދޭ އިސްކަމުގެ ރަނގަޅު ނަތީޖާއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ