އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި ނިޔާވެފައި އޮތްވާ ފެނިއްޖެ

އުމުރުން ދުވަސްވެފައިވާ މީހަކު ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ނިޔާވެފައި އޮތްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ ކަމަށެވެ.

އޭނާ ނިޔާވެފައި އޮތްވާ ފެނިފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދު 7:55 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މިމައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ