އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދައުލަތަށް %3.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ %2.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ލިބުނު ޢަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %30 އިތުރު ޢަދަދެކެވެ.
އިންކަމް ޓެކުހުގެ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ފަރާތްތަކުން %1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ %1.5 ބިލިއަން ރުފިޔާއެވެ. މިއީ %10 ގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރު %804 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު %634 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ %27 އިތުރު އަދަދެކެވެ.
އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރު %271 މިލިއަން ރުފިޔާ ލިބިފައިވާއިރު (މިދިޔަ އަހަރު %256 މިލިއަން)، މިއީ %6 ގެ އިތުރުވުމެކެވެ. އަދި ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރު %775 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު %294 މިލިއަން ރުފިޔާއާ އަޅާބަލާއިރު %164 ގެ ބޮޑު އިތުރުވުމެކެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އަދި އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.


