Screenshot

މެކްސިކޯއަށް ބާރުގަދަ ބިންހެލުމެއް؛ ނުރައްކަލެއް ރާއްޖެއަކަށް ނެތް: މެޓް އޮފީސް

މެކްސިކޯ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި، މިރޭ ރާއްޖޭގަޑިން 7:48 ހާއިރު މެކްސިކޯ ސަރަޙައްދަށް މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 7.3 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ބިންހެލުން އައިސްފައިވާ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 17,416 ކިލޯމީޓަރު ދުރުގައި އޮތް ތަނެކެވެ.

ބައިނަލްއަޤުވާމީ ޚަބަރުތައް ބުނާގޮތުން، މެކްސިކޯގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޗިއާޕަސްގެ އައްސޭރިފަށަށް އައި މި ބިންހެލުމާ ގުޅިގެން އެ ސަރަޙައްދަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. އަދި މި ބިންހެލުމުގެ ބާރުގަދަ ލޮޅުންތަކުގެ އަސަރު ސެންޓްރަލް އެމެރިކާގެ ބައެއް ސަރަޙައްދުތަކަށާއި، އަވަށްޓެރި ޤައުމުތައް ކަމަށްވާ އެލް ސެލްވަޑޯރ އަދި ގުއަޓެމާލާއަށް ވެސް ވަނީ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ