ޖޫން 23، 2026 ގައި އިސްރާއީލް ސިފައިންގެ ހިމާޔަތުގައި، އިސްރާއީލްގެ ބުލްޑޯޒަރުތަކުން ފަލަސްތީނުގެ އަލް-އަތުރަޝް އާއިލާގެ ގެދޮރު ސުންނާފަތިކުރަނީ (ހާޒެމް ބާދިރު/އޭއެފްޕީ)

"ކިނބޫ ޖަލު" ހެދުމަށް އިސްރާއީލުން ޤާނޫނަށް ބަދަލު ގެނެސްފި

ރަހީނުކޮށްފައިވާ 10,000 އެއްހާ ފަލަސްޠީނުގެ ރައްޔިތުން ބަންދުކޮށްފައިވާ ޖަލުތަކުގެ ވަށައިގެން، ކިނބޫ އަޅާފައިވާ ފެންގަނޑުތަކެއް ހެދުމަށް އިސްރާއީލުގެ (ޔަހޫދީ) ހަރުކަށި މިނިސްޓަރު އިތަމާ ބެން ގަވީރު ހުށަހަޅާފައިވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އެ ޤައުމުގެ ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ހާމަކުރި ގޮތުގައި، އެ ޤައުމުގެ ތިމާވެއްޓާބެހޭ ވަޒީރު ވަނީ ކިނބުލަކީ ބަލަހައްޓައި ގެންގުޅެވޭ ވަލު ޖަނަވާރެއްގެ ގޮތުގައި އަލުން ގިންތިކުރުމުގެ ޤަރާރެއްގައި ސޮއިކޮށްފައެވެ. މީގެ ކުރިން ކިނބޫ ގެންގުޅެވޭނީ ހަމައެކަނި ލައިސަންސް ލިބިފައިވާ ޒޫތަކުގައި ކަމަށް އޮތް ނަމަވެސް، މި ބަދަލާއެކު ޖަލުތައް ބަލަހައްޓާ އިދާރާއަށް ޖަލުތަކުގައި ކިނބޫ ގެންގުޅުމުގެ ޤާނޫނީ ހުއްދަ ލިބިގެންދާނެއެވެ. މި ޤާނޫނީ ބަދަލު ކުއްލި ގޮތަކަށް ގެނައީ "ކިނބޫ ޖަލު" ބިނާކުރުމުގެ ޕްލޭނަށް އެ ޤައުމުގެ ވަލު ޖަނަވާރާބެހޭ އިދާރާއިން ކުރިން އިއުތިރާޒުކޮށްފައިވާތީއެވެ.

މީގެ ހަ މަސް ދުވަސް ކުރިން ބެން ގަވީރު މި މަޝްރޫޢަށް ގޮވާލާފައިވަނީ ފަލަސްޠީނުގެ އަސީރުން ޖަލުން ފިލުން ހުއްޓުވުމަށެވެ. ޖަލުތައް ބަލަހައްޓާ އިދާރާއިން މިހާރު ދަނީ މިކަމުގެ ޢަމަލީ ދިރާސާއެއް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޅަ ކިނބުލެއް 8,000 އެމެރިކާ ޑޮލަރަށް އަދި ބޮޑު ކިނބުލެއް 20,000 އެމެރިކާ ޑޮލަރަށް ލިބޭއިރު، މި ފެންގަނޑުތައް ހެދުމުން ފާރަވެރިން ބޭތިއްބުމުގެ ޚަރަދު ކުޑަވެގެންދާނެއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 10,000 އެއްހާ ފަލަސްޠީނުގެ ރައްޔިތުން މިހާރުވެސް ބަންދުކޮށްފައިވަނީ ބަނޑަށް ބޭތިއްބުމާއި، އަނިޔާކުރުމާއި، ބޭސްފަރުވާއިން މަޙުރޫމްކުރުން ފަދަ ލާއިންސާނީ އަދި އަނިޔާވެރި ޙާލަތްތަކެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ