ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މި މަހުގެ 26 އަށް ނިންމާލެވޭނެ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މަސައްކަތް މި މަހުގެ 26 އަށް ނިންމާލެވޭނެ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުސްޕީޑެއްގައި ކުރިއަށްގޮސް، މި މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީގެ އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދެވެ.

މަސައްކަތުގެ އެންމެ ފަހުގެ ތަފްޞީލު:

  • ތާރުއެޅުމާއި ނިޝާންތައް: ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް ތާރުއަޅައި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ.

  • ޕާކިންގ އާއި ދުވާރު: 2 ވަނަ އަދި 3 ވަނަ ސެގްމަންޓުގެ ޕާކިންގ ޒޯނާއި ދުވާރު ހެދުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޕާކިންގ ޒޯނުގެ ނިޝާންތައް ޖެހުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ނިމޭނެއެވެ.

މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބި، އުޅަނދުފަހަރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ސަރުކާރުން ނިންމަވާފައިވަނީ މި ސަރަޙައްދު ނިމުމުން، ދެން އޮތް މަރުޙަލާގައި އެމްޕީއެލް ސަރަޙައްދުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ