ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވުން، ފޮޓޯ: ޕީއެސްއެމް ނިއުސް

ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް، އަމަލުކުރަން އަންގައިފި

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް، އެއަށް އަމަލުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަދާހަމަކޮށްފައިވާ މި ލިސްޓު ދެ ގްރޭޑަކަށް ގިންތިކޮށްފައިވާއިރު، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެއެވެ.

އަމަލުކުރަންޖެހޭ މުއްދަތާއި އުސޫލު:

  • މިހާރު ހިންގާ ފާމަސީތައް: ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ގިންތިއާ އެއްގޮތަށް ބޭސްތައް ހަމަކުރަންޖެހޭނެއެވެ.

  • އަލަށް ހުޅުވާ ފާމަސީތައް: ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުންނެވެ.

ފާމަސީތައް ގިންތިކޮށްފައިވާ ތަފްސީލު "ގައިޑްލައިން އޮން މިނިމަމް ރިކުއަރމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާރމަސީ" ގައި ހިމަނާފައިވާނެއެވެ. މި ގައިޑްލައިން އެމްއެފްޑީއޭ އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގެ އިތުރުން "ދިރިތި" ޕޯޓަލްއިން ލިބޭނެއެވެ. އިތުރު ތަފްސީލު ހޯދުމަށް އެމްއެފްޑީއޭގެ ހޮޓްލައިން 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން އެދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ