ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އެރުވުން، ފޮޓޯ: ރައީސް އޮފީސް

ޑޮކްޓަރ މުޙައްމަދު ލަޠީފަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑޮކްޓަރ މުޙައްމަދު ލަޠީފަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޑޮކްޓަރ ލަޠީފްގެ ޚިދުމަތުގެ އެންމެ ދިގު މުއްދަތެއް ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވިއިރު، އެމަނިކުފާނު ވަނީ އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން ޑޮކްޓަރ ލަޠީފަކީ ޚާރިޖީ ދާއިރާއިން އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމާއި، އަދި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޚިދުމަތް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ