މިނިވަން ދުވަހާ ގުޅިގެން މިއަދު ބާއްވަން ހަމަޖެއްސި އެމްއެންޑީއެފްގެ ޕެރޭޑް ވިއްސާރަވުމުގެ ސަބަބުން ނުބޭއްވުނު ނަމަވެސް، މިމަހުގެ 29 ވާ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ޕެރޭޑް އޮންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕެރޭޑު ކުރިއަށްދާއިރު، ހުޅުމާލޭގެ ތަފާތު ސަރަޙައްދުތަކަށް މަޑުކޮށް ބޭންޑުގެ ހަރަކާތްތައް ދައްކާލުމަށް ވަނީ ރޭވިފައެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ޤައުމީ ދިފާޢީ ބާރުގެ އެކި ބަހާތަކާއި 15 ސްކޫލަކުން ބައިވެރިވި ޕެރޭޑެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ކޮންމެ އަހަރަކުވެސް މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބެނީ އެމްއެންޑީއެފާއި ސްކޫލް ކުދިންގެ ޕެރޭޑާއި ރޫޓް މާޗަށެވެ.


