މިޅެމަކީ 28 ޖޫން 1999 (ހޯމަ)ގައި މަނަދޫ "ހާމަ" ބޯޓް މާލެއިން މަނަދުއަށް ކުރިދަތުރުގައި ބޯޓް ފެތުނު ހާދިސާއާއި ގުޅިގެން ހެދިފައިވާ ޅެމެކެވެ.
މިފަހަރު މިޅެން މިގެނެސްދެނީ އެދަތުރުގައި ބައިވެރިވި އޭރު އަދި ނުހިނގޭ އެހެނަސް މިހާރު ބޮޑެތިވެ ދަލިންލިބިފައި ތިބި ކުދިންނަށް އެކުދިން ހަނދާން ނުހުންނާނެ މި ނުރައްކާތެރި
ހާދިސާ ސިފަކޮށްދިނުމަށެވެ. މިޅެމުގައި އެވާ "ރަންދެލި"މިނަމަކީ އޭރު ނ އަތޮޅުގެ އަތޮޅުވެރިޔާ ރަށްރަށަށް ދަތުރުކުރައްވާ ޔޮޓް ދޯންޏަށް ކިޔާނަމެވެ.
ގާފަރު އޮފީހަށް ޚަބަރުދީ ވީގޮތް ކިޔައިދިނުމާއެކީ
ފާގަތި އެހީތައް އެކިރޮނގުން އަންނަން ފެށީ ހަމަ ވަގުތުގާ
އެކި ބައިބަޔަށް މީހުންއައިސް ބާލައި ކުދިންނާ އަންހެނުން
އެކިގޭގެޔަށް ގެންދިޔުމުގައި ވާދައިގެ ރޫޙެއް ހުރި ހިނގާ
އެވަގުތު ރަށަށްވެސް ޚަބަރުދީ އެކި ޢާއިލާތައް ވަކިވަކީން
އެވަގުތުގެޙާލު ބަޔާންކުރީ ގިސްލާރޮމުން ފުންއަސަރުގާ
ކުޑައިރުކޮޅެއް ހަމަވީ ތަނާ ލޯންޗެއް އައޭ ބާރަށްދުވާ
ކުޑަހިނދުކޮޅެއްގައި މާލެއަށް މީހުންގޮވައިގެ ދިއުމުގާ
ނަމަވެސް ބައެއްމީހުން ރަށަށް ދިއުމުގެ އެދުން އޮތުމާއެކީ
ހަމަ ދެން އަނެއްކާ މާލެއަށް ދިއުމަށްތިބީ އިންކާރުގާ
ބޭނުންވަނީ ރަށަށޭ ދިއުން ދޭނަމަ މިއަދު އެ އެހީދަށުން
ބޭނުންވިޔަސް ކެޕްޓަން މިލޯންޗްގެ ނުވިޔެއެއްސް މިކަމުގާ
މަދުމީސްކޮޅެއް ދިޔަ މާލެއަށް މިވަގުތު ގޮތެއް ނެތުމާއެކީ
އަދު ޙާލުގައި ޖެހިފައިވުމުން އަވަހަށް އެހީއެއް ލިބުމުގާ
އަނބުރައި އަނެއްކާ ރަށުތެރަށް ދިއުމުން އެގާފަރު އެކުވެރީން
އަނބުރައިއަލުން އަތުގައިހިފީ ހިނިތުންވެގެން ތިބެ އުފަލުގާ
ގާތްކަން ބެހެއްޓިއެ ބޮޑުކަމުން ލަދުގަންނަހައިވޭ ހެޔޮކަމުން
މާތް ޚުލްޤުރީތި މިސާލެކޭ ފެނުނީރަށުން ތިބި ތިބުމުގާ
ކަންތައްތަކަށް ހުޝިޔާރުގައި އުޅެމުން އެދިޔަ މީހުންތެރޭން
ކަންވެރި ހަސަންބޭ ޚާއްޞަކޮށް ފާހަގަވެގެންދޭ މިކަމުގާ
(ނުނިމޭ)
5 ޑިސެމްބަރު 2923
عبدالعزيز قاسم ލިލީ ނ.މަނަދޫ
ކުރީގެ ބައި ކިޔާލުމަށް"