ރާގު: ބެދަރްދީބާލުމާތުޖްކޯ،،..
އެވަރުވާއިރު ދެކޭނެ ލޮލެއް މިދުނިޔޭގައި ނެތީހެއްޔޭ؟
ދެވަރުނުވެގޮސް ދެމަސްވީއިރު މިއަށް ނިމުމެއް ނެތީހެއްޔޭ؟
އެތިބަ ޖައްބާރުނާ ދެކޮޅަށް ކަމެއް ކޮށްލަން ނުކެރި ތިބެނީ 2
މިތިބަ ޢަރަބީންގެ އިންސާނިއްޔަތާ އަގަލެއް ނެތީހެއްޔޭ؟
އެވެސް އިންސާނުނޭ ހަމަގައިމުވެސް ﷲ ހެއްދެވިމާތް 2
ދެވެން ހެނަސް އެމީހުންނަށް އެ ޙައްޤު މިއަދު ނެތީހެއްޔޭ؟
މިއަދު އެއްވެސް ކަހަލަ ރަޙްމެއް ނުވާ ނިކަމެތި ބައެއްގޮތުގައި 2
މިއަދު ދުނިޔޭގެ މީހުންނާމުޅީން އެކަހެރި ކުރީހެއްޔޭ؟
ޔަހޫދީން ހިތްއެދޭ ހުރިހައިކަމެއް ކުރަމުން އެދާއިރުގައި 2
ޔަހޫދީންނަށް ހެދޭނެގޮތެއް މިދުނިޔޭގައި ނެތީހެއްޔޭ؟
ހިތައް ކުޅަދާނަޔެއް ނޫނޭ ބަލާކަށް އެހެރަ މަންޒަރުތައް 2
އެތައް މަޢުޞޫމު މުސްލިމުނަށް އެނޫންޙާލެއް ނެތީހެއްޔޭ؟
ދުނިޔެ އެއްބަޔަކު އަތްދަށުގައި ޙިޞާރުވެގެން މިހެންދާއިރު 2
ދުނިޔެ ނިދިފައި މިއޮތް ނިދުމުން މިއަދުހޭލަން ނުވޭހެއްޔޭ؟
8 ޑިސެމްބަރު 2023
* عبدالعزيز قاسم، ލިލީ ނ. މަނަދޫ