މަނަދޫ އަޒީގެ ޅެންހާރު: ފޮތްތަކުގެ ރަންޗޭނު

މިޅެމަކީ ކީރިތި قرانގެ ފޮތްތަކުގެ ނަންތައް އެހުރި ތަރުތީބުން ނަމްބަރާއެކު ގެނެސްދެވިފައިވާ ޅެމެކެވެ. ބޭނުމަކީ ޅެންބަހުރުވައިން ވިދާޅުވާން ބޭނުން ބޭފުޅަކަށް އެފުރުޞަތު ފަހިކޮށްދިނުމެވެ. ރާގަކަށްކިޔާނަމަ (ކޮންމެނަފުސެއް މަރުގެރަހަދެކި) މިރާގަށް ކިއިދާނެއެވެ.

ފޮތްތަކުގެ ރަންޗޭނު (1)

حمد تعريفއާ ثناއިން حضرةއަށް ކުއްތަންވަނީ
އަމުނަމުން ގުލްހާރު ޞަލަވާތުން ޙަބީބަށް ފޮނުވަނީ
އާލުނާ އަޞަޙާބުނާ މަތިވެރިވެގެންވީ އެންމެހައި
ތާބިޢީންނާ އެކުއެކީ ޞަލަވާތުގައި ހިމަނާލަނީ
އޭގެފަހުގައި މުޞްޙަފްގެ ފޮތްތަކުގެ ނަންތައް ވަކިވަކީން
ރޭވިފައިވާ ގޮތުގެ ތަރުތީބާއެކި މި ގެނެސްދެނީ
އެންމެ ފުރަތަމަ الم ފޮތުން ޚަތިމު ފެށިފައި ވަނީ
ދެން އެޔަށްފަހު ދެވަނަޔަށް سيقول ފޮތް އައިސްފައިވަނީ
سورةالبقرةތެރޭ ތިންވަނަފޮތަށް تلك الرسل
ސޫރަވާހެން ސޫރަތުގެ ނިމުމާހައިން ގުޅިފައި ވަނީ
لن تنال البر ފުރިހަމަ ހަތަރުވަނަ ފޮތަކަށްްވެފައި
ދަންނަވަން والمحصنت ފަސްވަނަ ފޮތުގެ ނަމުގައިވަނީ
لايحب الله ހަވަނާގައި މުޅިން ފުރިހަމަވެފައި
ماءدة ސޫރަތް ފެށުން މިފޮތުގެތެރޭގައި ހިމެނެނީ
ހަތްވަނާގައި واذاسمعوا އެފަހު މި ولواننا
އޮތް އެތަރުތީބުން އަށެއްގައި ހިމެނިގެންގޮސްފައިވަނީ
ރީތިކޮށް އައިސްފައިވެޔޭ ނުވަވަނަ ފޮތަށް قال الملاء
ވީތި ގުޅިފައި ދިހަވަނާގައި وعلموا ހިމަނާލަނީ
އާދެ! يعتذرونއަފޮތް ހިމެނޭ އެގާރާގައި ތެދޭ
ބާރަވަނަޔަށްގުޅި ومامن دابةއިންނޭ އަންނަނީ

ފޮތްތަކުގެ ރަންޗޭނު (2)

ތޭރަޔަށްވެ وما ابرئ ސާދައަށް ربما އޮތީ
ދޭހަ سبحن الذيއިން ސާދަވަނަ ފާހަގަވަނީ
قال المން ސޯޅަވަނަފޮތް اقتربވެ ސަތާރަޔަށް
ވާއެ قدافلحއަ އަށާރާގައި އިނގޭތޯ އޮންނަނީ
އާދެޔޭ ފެނިގެން ނަވާރަފޮތައްވެ މި وقال الذي
އާދެ! امن خلقއަ ފޮތް ވިހިވަނަޔަށޭ ގުނިފައިވަނީ
ވީ އެކާވީސްވަނަ ފޮތަށް ފުރިހަމަ اتل ما ހިމެނިފައި
ވީއެފަހު ބާވީސް ومن يقنتކަމަށް ފެނިގެން ދަނީ
ގުނެވި ތޭވީހުން وما ليފޮތް އިތުރު يسގައި
ގުނެވިގެންނޭ އަދި فمن اظلمމި ސައުވީހަށްދަނީ
ފަންސަވީސްވަނަޔަށް اليه يرد ކިޔަމުންފާޅުގައި
އަންނައިރު ސައްބީހުގައި حم ކަން އެނގިގެންވަނީ
ފެންނަ قال فما ހަތާވީސްވަނަ ފޮތަށްފަހު ރީތިކޮށް
ދެން އަށާވީސްވަނަފޮތަށް قدسمعއައޭ ހޮވިގެންދަނީ
ސޫރަތުންނަންދެވި ނަވާވީސްވަނަ ފޮތަށްވެ تبرއަފޮތް
ސޫރަތުގެ ނަމުގައެ ތިރީސްވަނަޔަށް އެ عمއާ ފޮތްދަނީ
ދަންނަވާ ނިމުނީއެ މުޞްޙަފްގައި އެވާފޮތްތަކުގެ ނަން
އަންނަހުރިހައި ޖީލަކަށް އެނގިފައި އޮތުން ބޭނުންވަނީ
ރަޙްމަތާގިނަ ނިޢުމަތާ ބަރަކާތުގައި ދަމަހައްޓަވައި
މަޙުޝަރުން އަޅަމެން ނަޖާވުންއެދި ދުޢާކޮށް ނިންމަނީ

7 ޑިސެމްބަރު 2023
عبدالعزيز قاسم، ލިލީ ނ. މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *