15 އޮކްޓޫބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: ދުވަހެއް ފަށަން ބަރަކާތްތަކުން

ރާގު: މުޖެދަރުދެދިލްކި ޕަތާނަތާ.،.

ދުވަހެއް ފަށަން ބަރަކާތްތަކުން ކުރަމާ ހިނގާށެ ފަތިސްނަމާދު
ދުވަހުގެ އުފާތައް ހޯދުމަށް ކުރަމާ ހިނގާށެ ފަތިސްނަމާދު
ދެއިރުގެ މަލާއިކަތުންގެމާތް ސަފުތައްމެދުން މިސްކިތްތެރޭ
މިސްކިތްތެރޭ
ހެކިވާއެ މަލަކުންނާއެކީ ކުރަމާހިނގާށެ ފަތިސްނަމާދު
ރައްބީގެ އޯގާވަންތަކަން ބެހިގެން އެދާހިނދު ދުނިޔެއަށް
ހިނދު ދުނިޔެއަށް
ރައްބީގެ ރަޙްމަތް އެދި އެމާތް ކުރަމާހިނގާށެ ފަތިސްނަމާދު
އެކަލާނގެ ޤުދްރަތްތެރިކަމާ މަތިވެރިކަމާ ވައްދައި ހިތަށް
ވައްދައި ހިތަށް
އެކަލާނގެއަށް ބިރުވެތިވެ ތިބެ ކުރަމާ ހިނގާށެ ފަތިސްނަމާދު
ފަތިހެއްގެ ނަލަ އަލިޤުދްރަތީ ހިތްގައިމުކަން ހޯދާލުމަށް
ހޯދާލުމަށް
ފަތިހާތެދުވެ ޙަރަކާތްތެރިވެ ކުރަމާ ހިނގާށެ ފަތިސްނަމާދު
ދުޅަހެޔޮކަމެއް ސިއްޙީގޮތުން ހޯދާލުމަށް ހިތްވަރުލަމުން
ހިތްވަރުލަމުން
ކުޅަދާނަނަމަ ގޮސް މިސްކިތަށް ކުރަމާ ހިނގާށެ ފަތިސްނަމާދު
ހައިބަތު ތިމާގެ އުފުއްލުމަށް ޝައިޠާނުނާ ދުރުހެލިވުމަށް
ދުރުހެލިވުމަށް
"خيرمن نوم"ގެ އަޑަށް ކުރަމާ ހިނގާށެ ފަތިސްނަމާދު

18 ޑިސެމްބަރު 2023
عبدالعزيز قاسم، ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *