* ރާގު! ސަލާމާ ލޯބި ޝުކުރިއްޔާ،،…
ތިބާހިފި ރޯދައިން ތިންސައްތަ ފުރިހަޔަށް މި ހަމަވިއްޔޭ
ތިބާއަށް މަޙްޝަރުން މަތިވެރި މަޤާމަށް ޖާގަ ލިބުނިއްޔޭ
ތެރޭ މިއަހަރު މި މޫސުމުގައި ޒިޔާރަތްކުރިމި "މެހްމާނާ" 2
(ޒިޔާރަތްކުރިމި މެހްމާނާ)
"މެރޭލޯ" ދުވަހު މަޙްޝަރުގައި ޝަފާޢަތްތެރިއަކަށް ވިއްޔޭ
އިލާހަށް ބޯލަނބާ ކިޔަމަންވެގެން ހަދުވަހުމި ޝައްވާލުން 2
(ވެގެން ހަދުވަހުމި ޝައްވާލުން)
ޚިލާފެއް ސުންނަތާނުވުމުން އަނެއްކާ ދަރަޖަ މަތިވިއްޔޭ
ތިބާ އިޚްލާޞްތެރިވެ ރައްބުގެ އަމުރުފުޅުގައި ހިފައި ދިޔުމުން 2
(އަމުރުފުޅުގައިހިފައި ދިޔުމުން)
ތިބާޔަށް ރުއްސެވުން ރައްބުގެ ލިބޭނޭމަގުމި ފަހިވިއްޔޭ
އެހައި ތަކުލީފަކަށް ނުހަދައި ހެވަށްއެދި ކޮށްލިކުޑަކަމަކުން 2
(ހެވަށްއެދި ކޮށްލިކުޑަކަމަކުން)
އެހައި މަތިވެރިކަމާއެކުގައި ނުހަނުބޮޑު އަޖްރު ލިބުނިއްޔޭ
އުފާވެރިކަމުގެ ދަރުބާރުން ހިތާރޫޙަށް އަރާމުލިބޭ 2
(ހިތާރޫޙަށް އަރާމުލިބޭ)
އުފާވެރިކަމުގެ ގުލްޝަނުގައި ނަޔާމާތައް މި ފޮޅުނިއްޔޭ
މިފާގަތި މޫސުމުން އެގެނައި ނިހާއީ ދަރުމަޔާއެކުގައި 2
(ނިހާއީ ދަރުމަޔާއެކުގައި)
"ހިފާ' ގެންދާނެ ތުޙްފާއެއް" މިތާހުރެގެން މި ލިބުނިއްޔޭ
ޚިޔާލަށްވެސް ނުގެނެވޭހައި ކިޔާދުލަކުން ނުބުނެވޭހައި 2
(ކިޔާދުލަކުން ނުބުނެވޭހައި)
ނިޔާމަޙަޔާތަކަށްދިއުމަށް ތިބާޔަށް މަގު މި އަލިވިއްޔޭ
9 އެޕްރީލް 2024
* ޢަބްދުލްޢަޒީޒް ޤާސިމް، ލިލީ ނ.މަނަދޫ


