މަނަދޫ އަޒީގެ ޅެންހާރު: ލޯބިންނެ މާތް ޙަބީބަށް

* ރާގު: ވޯދިން ކަހާންސެލާއޭ…


ލޯބިންނެ މާތް ޙަބީބަށް މަދަޙާސަނާ ކިޔާނީ
ލޯބީގެ ފުން ޝުޢޫރުން ދޫތައް މިހެން ހިނގާނީ
އައުދާނަ އެންމެ ކީރިތި މޫރިތިވި ސާހިބާޔަށް 2
ޝައުޤާއެކީ ސަލާމާ ވެދުމޭ އަރިސްކުރާނީ
ތިޔަ ޢިއްޒަތާ ކަރާމާތް ތިޔަ އުސްވަތުގެ ނިހާޔަތް 2
ތިޔަ ޚުލްޤު ހެޔޮ ޠަބީޢަތް ފެނުމޭ އަބަދު އެދޭނީ
ހިޔަލުން އެދުވަހު މަޙްޝަރް ތިޔަސާހިބާގެ އަރިހުން 2
ނިޔަތާ ހިތުން ޝަފާޢަތް އެދެމުންނެ މަރުވެދާނީ

7 އެޕްރީލް 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *