މަނަދޫ އަޒީގެ ޅެންހާރު: ތިޔައޭ ވިމާތް ރަސޫލަކީ

ރާގު: މާނާމެރޭ ހަސީންސަނަމް….
(ދިވެހި: އޭނާމިރޭދިމާވުމުން)


ޢާލަމްތަކަށް ފޮނުއްވި މާތް ތިޔައޭ ވިމާތް ރަސޫލަކީ
ވާހައި ޒަމާންތަކަށް އިތުރު އައުދާނަ ސާހިބާޔަކީ
ހުރިހައި ނަބީން ރަސޫލުނާ ދެއްވެވި ބަޝާރަތުން އެނގޭ 2
(ދެއްވެވި ބަޝާރަތުން އެނގޭ)
ހުރިހައި މަކާރިމުން ހޮވޭ ފުރިހަމަވި މާތް މިސާލަކީ
ގެންނެވި ރިސާލާއެކީ ގެންނެވި ހިދާޔަތާއެކީ 2
(ގެންނެވި ހިދާޔަތާއެކީ)
ދެއްކެވި ޞިރާޠުގައި ވިމާތް ތިޔައޭ އިތުރު ނަބީޔަކީ
އިސްރާގެ މާތްވި ޢިއްޒަތާ މިޢުރާޖްދޭ ޝަރާފަތާ 2
(މިޢުރާޖްދޭ ޝަރާފަތާ)
ނިސްބަތްވެ ޚާއްޞަވީ ފަޚުރް ތިޔައޭ އެ މާތްއިމާމަކީ
އުންމަތުގެ ޙާލުބައްލަވައި މަޙްޝަރްގެ ބިންމަތީ އެވާ 2
(މަޙްޝަރްގެ ބިންމަތީ އެވާ)
އުންމަތުގެ ޙައްޤުގައި ތިއޭ ލޮބުވެތިވިމާތް ޝަފީޢަކީ
ޢަދަދެއްނުވާ ސަނާތަކުން ޢަދަދެއްނުވާ ސަލާމްތަކުން 2
(ޢަދަދެއްނުވާ ސަލާމްތަކުން)
މަދަޙައިރީތި ޝިޢުރުތައް އަބަދަށް އޮހޭ ޙަބީބަކީ

11 އެޕްރީލް 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *