ރާގު: ސަބްކުޗްލުޓާހެ ހޯޝުމެ…
ނިމިހުސްވެދާނެތޯއެ މި ތަޢުރީފު ކިޔާކިޔާ
ޒިކުރާ ވެވޭ ޙަބީބުގެ ނަންފުޅުމި ކިޔާކިޔާ
ޚުލްޤާއި ޚިލްޤަތާ ފުރިހަމަރީތި ހައިބަތާ 2
އުލްފަތު އެ މާތްވިމަތިވެރިވީ ރީތި އުސްވަތާ
(ވީރީތި އުސްވަތާ)
ކުލުނާއި ސުޙްބަތާއި ނިމޭނޭހެ ކިޔާކިޔާ
ޒިކުރާ ވެވޭ ޙަބީބުގެ ނަންފުޅުމި ކިޔާކިޔާ
މާތް ސާހިބާގެ މަތިވެރި ޤަދަރާއި ޢިއްޒަތާ 2
މާތް ނަންފުޅަށް އޮހޭގިނަ ވެދުމާތަޙިއްޔަތާ
(ވެދުމާތަޙިއްޔަތާ)
މާތް ދަރަޖަފުޅުގެ ބާބު ނިމޭނޭހެ ކިޔާކިޔާ
ޒިކުރާވެވޭ ޙަބީބުގެ ނަންފުޅުމި ކިޔާކިޔާ
އަދަބާއެކީ ޙަބީބުގެ މަތިވެރިވި ރައުޟަަތަށް 2
ބަދަލެއްނުވާ ސަލާމްގިނަ ނިމުމެއްނުވާގޮތަށް
(ނިމުމެއްނުވާގޮތަށް)
މަދަޙައިގެ ރީތި ޝިޢުރު ނިމޭނޭހެ ކިޔާކިޔާ
ޒިކުރާވެވޭ ޙަބީބުގެ ނަންފުޅުމި ކިޔާކިޔާ
15 އެޕްރީލް 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ


