12 ފެބުރުވަރީ 2025

މަނަދޫ އަޒީގެ ޅެންހާރު: މީހަމަ އޮތް ކަމެއް

ރަނގަޅު ކަމަކަށް ކުރެވިދާ ތަރްޙީބުދިނުމީ އޮތްކަމެއް
ރަނގަޅުކަން މީހެއްގެހުރި ދުށުމީ މުރުއްވަތްތެރިކަމެއް
ހަރުދަނާ ގޮތުގައި ހިގައިދާ ރަނގަޅުހައި ކަންތައްތަކަށް
މަރްޙަބާކިޔުމީ ބަލާއިރު ދީނުގައިވެސް އޮތްކަމެއް
ވާދަވެރިކަމަކާ ނުލައި ޒާތީ ތަޢައްޞުބަކާނުލައި
ފާޅުކުރި މީހަކު ޚިޔާލެއްގައި ނުވޭ ކުށްވެރިކަނެއް
ޙަސަދަޔާ ފިތުނައިގެ އަލިފާނާ މުޅިން ދުރުހެލިވެގެން
މަސްލަޙަތުގައި ކުރެވިދާ ތަަޢުރީފަކީ އަގުހުރިކަމެއް
ހިތުގެ އިޚްލާޞްތެރިކަމާކު ފާޅުކުރެވޭ ޝުކުރަކީ
މިތުރަކާމެދު އޭ ތިމާގެ ހިތަަށް ލިބޭނޭ ފިނިކަމެއް
ކޮންމެ މީހަކު ކުރިކަމަކުވެސް ލާބަދެނިވި ރަނގަޅުކަމެއް
އޮންނަ އުސްލޫބުން ބަލައިގަތުމީ ވެވޭބޮޑު ހެޔޮކަމެއް
ފާޑުކިޔުމުގެ މިންގަނޑުން އަދަބާ ސުލޫކުގެ ހަމަތަކުން
ފާޑުކިޔުމީ އަނެކަކަށް ހިތްވަރު އެއިން ލިބިދޭ ކަމެއް
އާޑަކިޔުމާ އަދި ފުރައްސާރައިގެ އަތްތައް ދިއްނުކޮށް
މާދަމާ ކުރިމަގުތިމާގެ ބަލައިލުމީ ބޭނުންކަމެއް

17 އެޕްރީލް 2024

عبدالعزيز قاسم، ލިލީ ނ. މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *