މަނަދޫ އަޒީގެ ޅެންހާރު: އަބަދު މީ ދުޢާޔޭ

ރާގު: ވޮޖަބުޔާދުއާޔޭ…


އަބަދު މީ ދުޢާޔޭ ވިޚާލިޞް ދުޢާޔޭ
ބަދަލުވުންނުވާ ހިތްތަކުގެ އިލްތިޖާޔޭ
މަދަދު އެދި އިލާހަށް ވެވޭ ހެޔޮދުޢާޔޭ
އަބަދު މީ ދުޢާޔޭ ވިޚާލިޞް ދުޢާޔޭ
ބިރުތަކުން އެންމެހައި ކޮށްނަޖާ ދެއްވަވައި
ނިރުލަމުންދާ ނުބައިހާކަމެއް ފިއްލަވައި
ޝިރްކު އެކުލެވޭ ހުރިހައި ކަމެއް ނެތިކުރައްވައި
ދިރުމަކަށް އުފާވެރި ކުރާމީ ދުޢާޔޭ
އަބަދުުމީދުޢާޔޭ ވިޚާލިޞް ދުޢާޔޭ
ލޯބި ޤައުމާ ވަޠަން ހެޔޮމަގުން ގެންދަވައި
ރޯޅި ފިނި މާތްވިދީނުގެ ބިމަށް ބީއްސަވައި
މޯޅިކަން ލިބޭ ހިތްތައް ތާޒާކުރައްވައި
ލޯވިވެތި ކަމަށް އެދި ކުރާމީ ދުޢާޔޭ
އަބަދު މީ ދުޢާޔޭ ވިޚާލިޞްވދުޢާޔޭ
ރަޙްމަތުން އެންމެހައި ފަހިމަގެއް ދައްކަވައި
ވަހުމު ޝައްކާމިވާ ހިތްތަކުން ފިއްލަވައި
ފަޚްރުވެރި މި ދީބަށް ސަލާމަތްމެ ދެއްވައި
އަހުލުނަށް އަމާން އެދި ކުރާމީ ދުޢާޔޭ
އަބަދުމީ ދުޢާޔޭ ވިޚާލިޞް ދުޢާޔޭ

18 އެޕްރީލް 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *