މަނަދޫ އަޒީގެ ޅެންހާރު: މުޖްތަމަޢުގެ ހެވަށްޓަކައި

ރާގު: ފަޚްރުވެރި ދިވެހީންގެ ޤައުމީ…


ދެކޮޅުވެރިކަން ހިތްތަކުގެ ވާހައިނުބައި ފިލުވާލަމާހޭ
އެކޮޅުމިކޮޅަށް ވިސްނުމާއެކު ޞުލްޙަޔަށް ދެން ތަންދެމާހޭ
ލޯބި ވަޠަނީ ހާމަކުރަމުން ފޯރިޔާއެކު ޖޯޝުގައި 2
ލޯބިވެތި ޤައުމަށްޓަކައި އެއްބައިވެ އަތްތައް ގުޅުވަމާހޭ
އަންޒަމާނުއްސުރެ މިތާއޮތް އަޚުކަމާ އަޚްވަންތަކަން 2
ރަންޒަމާނެއް ގެނައުމަށް އަދިވެސް އެގޮތުގައި ބާއްވަމާހޭ
ކާބަފައިން ދެއްކެވި ނަމޫނާ އޭގެނަލަ ފޭރާމުގައި 2
ތާއަބަދު ދެގޮތެއް ނުވާހެން ބޭއްވުމަށް ހިތްވަރު ލަމާހޭ
ރީތި އަޚްލާޤާ ސުލޫކާ ހަމަތަކާ އިން މިންތަކުން 2
ރީތި އަދަބިއްޔާތު މުޖްތަމަޢަށް އެކީގައި ފަތުރަމާހޭ
ލޯބިވެތިކަން ކުލުނުވެރިކަން ހިތްތަކުން ނެރެ ހާމަކޮށް 2
ލޯބިވެތި އަޚްނާއި އުޚްތުން ހިތްއުފާއަދު ކުރުވަމާހޭ
ހީލުމާ ހިނިތުންވުމާ ހިތްހެޔޮކަމުގެ ހަދިޔާތަކުން 2
ޖީބުތައް މިތުރުންގެ ބަރުކޮށް އުފަލުގައި ބައިތިއްބަމާހޭ
މުޖްތަމަޢުގެ ހެވަށްޓަކައި އެންމެންގެ ހިއްސާވާގޮތުން 2
މުޖްތަމަޢުގައި ހަމަޖެހުން އޮންނާނެ ގޮތްތައް ހޯދަމާހޭ
ދީބުގައި އުފެދޭ ނުތަނަވަސްކަން މުޅީންކޮށް އެއްފަރާތް 2
ދީބުގައި ހިތްހަޖެހޭ މޫސުންބަހާރެއް ގެންނަމާހޭ

23 އެޕްރީލް 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *