މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ތިންވަނަ ބައި)

ގޭތެރޭ ދިރިއުޅުމުގައިއޭ ލާމަސީލު މިސާލެކޭ
ރޭހުގައި ހިންގުންތެރީންގެ ގުނޭނެޔޭ ހަމަ އިސް ސަފުން
ކޮންމެކަމަކާމެދުވިޔަސް އޭނާގެހުރި ހުޝިޔާރުކަން
ކޮންމެކަމަކުން ދައްކަޔޭ ހުނަރާ މުރާލިކަމާ ކެރުން
އަންނައިރު އަހަރެން އޮފީހުން ދޭ އެ ހިނިތުންވުން ތެދޭ
އަންނަ ހިނދު އަހަރެންޚިޔާލަށް ކަރުނަތައް އޮހެޔޭ ލޮލުން
ގާތްކަމާ އެކުވެރިކަމާ އަހަރެންގެ ހިތްހަޖެއްސުމާ
މާތްކަމެއްކަމުގައި ބެލޭ ކަމެކޭ އެއީ އޭނާފުށުން
ސާފުސާދާކަންމަތީ ކޮށްދޭ އެހެރަ ޚިދްމަތްތަކުން
އާވެ އާލާވޭ ޝުކުރު ހިތުގައި ނުއެނގި ޖަޒްބާތަކުން
ދިރިއުޅުމުގައި މީހަކަށް ހޯދޭނެ ހުރިހައި ފަހިކަމެއް
ދިރިއައޭ އަހަރެން ޙަޔާތަށް ހާއުފާވެރިކަން ދެމުން
މާތަކެއް ކުލަރީތި ނަލަ އަހަރެން ޙަޔާތުން ފަރިވިޔޭ
ރާޙަތާ ފޮނިމީރުކަން އަހަރެން ހިތަށް ލިއްބައިދެމުން
ވިހިއަހަރު ކައިވެނިމަތީގައި ހޭދަވީއިރު އުފަލުގައި
ރިހިމުތެއްފަދަ ތިންކުދިން ލިބިފައިވެޔޭ އޭނާފުށުން

* ނުނިމޭ
30 އެޕްރީލް 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *