ވީމިދިގު މުއްދަތުތެރޭގައި ވަކި ތަފާތެއް ނާދެޔޭ
ހީވަނީ ފުރަތަމަދުވަސްހެންނޭ އެދޭ ޚިދްމަތްތަކުން
މިއަދު އޭނާ ނެތިދިޔުން އަހަރެންގެހިތް ކަތިވެއްޖެޔޭ
ވިޔަނުވާހައި ކެކުޅުމާ ވޭނާ ލިބޭފުން އަސަރަކުން
ކަރުނަޔާއެކު ހެޔޮދުޢާތައް ކުރެވެނީ ވެ ޚުޝޫޢުގައި
ރަޙްމަތާ އަދި ނިޢުމަތާ އެ ފުރާނަޔަށް އެދި ދެއްވެވުން
ފަރިވެފޮޅިފައިވާ މަލެއްފަދަ ރީތި ނިޔަނެތި ޝާޒްލީ
ވަކިވުމުން ނެތިގެން ހިގެއްޖޭ އަދުމަގޭމުޅި ދިރިއުޅުން
އެކަނިވެރިކަން އެކުވެފައިވާ ދުނިޔެއެއްގައި މިއުޅެނީ
އެކަނިވެރިކަމުގައި ލިބޭ ކެކުޅުން ތަކަށް ކެތްތެރިވަމުން
ރޭތަކާއި ދުވަސްތަކާ މާޔޫސްކަމާއެކުގައި މިހެން
ހޭދަވާއިރުގައި ނެތޭ އުންމީދު ދުނިޔެއަކަށް އަލުން
ތިންކުދިންގެ އެހީއަހަންނަށް ނުލިބިދާނަމަ ގައިމުވެސް
ތިންކަފުނުގެތެރޭ އޮޅާލަން ޖެހިދިޔައިހޭ ކަށަވަރުން
** ** ** ** ** ** ** ** ** **
އެރެއެއްގެ އިރާކޮޅޭ އަހަރެން ގެޔަށްއައި މަގުމަތީ
އެއްފަރާތުން މަގުގެދާ ކުއްޖަކު ފެނިއްޖޭ މަޑުމަޑުން
އޭނަ ފެނުމުން ވީގޮތެއް ބުނެދޭކަށެއްވެސް ނޭނގެޔޭ
ލޭ ގެހިނގުމާ ހިތުގެ ވިންދަށް އައިއެ ކުއްލިބަދަލުތަކުން
* ނުނިމޭ…
1 މެއި 2024
* عبدالعزيزقاسم
ލިލީ ނ.މަނަދޫ


