އޭނަޔާ ބައްދަލުވެ ވާހަކަދެއްކުމަށް ހިތްއެދިގަތީ
މޭތެރޭގައި ނޯވެ ދާން އުޅެނީއެ ހީވާފަގޮތުން
ޝާޒްލީކަމުގައި ޔަޤީންނުވިޔަސް ސިކުނޑި އަންގައިދެނީ
ޝާޒްލީއޭ އޭ ކަލޭ ހޯދަންއުޅޭ ހަމަކަށަވަރުން
ދިން ޔަޤީން ކަމުގައި ސިކުނޑި އައު ހިތްވަރެއް ލިބިގެންއައޭ
އިންތިހައިދަރަޖައިގެ އުފަލާއެކު ހިތަށްދިން ފިނިކަމުން
ހަލުވި ފިޔަވަޅުތައް އަޅައި ކުރިޔަށްއަރައި ކުރިބެއްދުމުން
ހަލުވި ތޯތާއެއް ފަދައިން ދެމިގެންފިޔޭ ހުރެ އަތްދަށުން
ދެވަނަ ފަހަރަށް ފާރުގައި އެއްއަތްމަގޭ ވިއްދައިލުމުން
ދެރަވެފައިހެން އިސްޖަހައިލީ ލަދު ގަހެއްހެން މަޑުމަޑުން
ޝާޒްލީކަން އެނގުނުމުން އަހަރެން ހިތަށް އެލިބުނު އުފާ
ސާފުކޮށް ބުނެދޭކަށެއް ވެސް ނޭނގެޔޭ އަހަރެން ދުލުން
ޝާޒްލީ ފެނުމާއެކީ ބައްދަލުކުރާހިތްވީވަރުން
ބާރުކޮށް މިއައީކަމަށް އަހަރެންބުނީމޭ ހީލަމުން
ލިބުނު ފުރުސަތުގައި މަގޭ ބޭނުންހައި ވާހަކަތަކެއް
ލިބު ވަގުތު ނަގައިނުލައި އަމުނާލެވިއްޖޭ ފައްޗަކުން
ނުނިމޭ.،.
2 މެއި 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ


