މަނަދޫ އަޒީގެ ވާހަކަ ޅެން: އެމަހާނަ (ހަވަނަ ބައި)

ހާދަދުވަހެއް ވެއްޖެޔޭ ބައްދަލުވެވޭތޯ މިއުޅެނީ
ވާޓަރުގެ ކައިރިން ހިނގާލަން ދިޔަދުވަހު ފެނުމަށްފަހުން
ނޭނގެޔޭ ބުނެދޭކަށެއްވެސް ވީގޮތެއް އެދުވަހުމަށަށް
ލޭގެވިންދު އަވަސްވުމުން ނޭނގޭކަހަލަ އިޙްސާސަކުން
ޙާލުހިތުގެ ބަޔާންކުރާ ހިތް ވީކަމަކު އެދުވަހު މަގޭ
ގާތުގައި ދެކުދިންތިބީމާ ނުކެރުނޭ ދާކަށް ލަދުން
އެދުވަހަށްފަހު ހިތުތެރޭ ތިޔަނަން ފަވައިލެވިފައި ވެޔޭ
ހެނދުނަކަސްމެ ހަވީރަކަސް ފަނޑުވުންނުވާ ރަންދެއްޔަކުން
މިދިޔަ އެއްހަފުތާ ތެރޭ ބައްދަލުވުމަށް ކުރިހައިކަމެއް
މިދިޔައީ ތަނަކުން ތަނަކުގައި ނުޖެހިޔޭހަމަ ފަނުފުލުން
ލަދުކަނޑާލައިފައި މިރޭ މިގޮތަށް މިއައިސް ބައްދަލުކުރީ
ތަދު ހިތަށްލިބިފައި މިވާ ނުފިލާނެތީޔޭ ހުރެ ލަދުން
މާފު އެދެމޭ ޝާޒްލީއަށް މިކުރެވޭ އުނދަގޫތަކަށް
މާފުދޭނެކަމަށް ޔަޤީންކުރަމޭ އަހަންނަށް ހެޔޮހިތުން
އަދި މިބައްދަލުވުން މިއީ ހަމަ އިއްތިފާގެއްނަމަ ވިޔަސް
ލަދުނުގެންނެވުމީ އެދޭ އެދުމޭ މަގޭ ނިކަމެތި ހިތުން
ބޭނުމޭ އަހަރެން ޙަޔާތުގެ އަނދިރިކަން ފިލުވައިލުމަށް
ބޭނުމޭ ތިޔަ ދަންމަރުގެ އަލި ތާއަބަދު ލިގެން ދިޔުން

* ނުނިމޭ…
3 މެއި 2024
* عبدالعزيز قاسم، ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *