ސާޢަތާ ވަގުތާ އިރާހުރެ ބުރުޖްގައި ފުރިހަމަވުމުން
ޝާޒްލީ ހިތް ފަތަޙަވެއްޖޭ އަހުރެނަށް ހަމަ އެވަގުތުން
ހީވިޔޭ ތަރިތައް ބިމުގެ އެކިތަންތަނަށް ތިރިވެއްޖެހެން
ހީވިޔޭ ހަނދު ބުނެލިހެން ޔާމަރްޙަބާއޭ! ފަށްފަށުން
ލިބުނު އުފަލެއް ނޭނގެޔޭ ބުނެދޭކަށެއްވެސް އަހުރެނަށް
ލިބުނު ހަމަޖެހުމާއެކީ ލިބިގެން ހިތަށްދިޔަ ފިނިކަމުން
ރީތި ހިމަހިމަ ތޫލިއަޑަކުން ދެއްކިވާހަކަތައް އަހަން
ރީތިކޮށް އަހަރެން ހުރީމޭ އިސްޖަހައިގެން މަޑުމަޑުން
* * * * * * * * * *
މީވަރަށް ނިކަމެތި އެހައި މަޢުޞޫމު ހިތެކޭ ބުނެލިޔޭ
ބީނުކޮށްލައްޗޭ މިހިތް ދެރަކޮށް އަތަށް އެރުމަށް ފަހުން
އެކަނިވެރިއިން މަޔަކު ދެލޮލާ ހިތުގެ އެއްފަޅިޔޭ މިއީ
އެކަނިކޮށް ރޮއްވައިނުލުން އެދެމޭ އެހިތް ދުވަހަކުކޮޅުން
ބައްޕަނެތި ދިއުމުން މަގޭ ޢުރުން ހަމަސްވެސް ނުފުރެނީސް
މަންމައޭ އެ މަޤާމުވެސް ފުރަނީ އެ ވޭންތައް އުފުލަމުން
މަންމަ ދެރަވާފަދަ ކަމެއް ނުކުރުން އެއީއެދުމޭ މަގޭ
މަންމަޔާއެކު ދެދުނިޔޭގައިވެސް ވުމީ އަހަރެން އެދުން
ޝާޒްލީ ވާހަކަތަކަށް އަހަރެން ރުހޭކަން އެންގުމުން
ޝާޒްލީ އުފަލުންއައޭ ފޮޅިގެން ނިކަން ހިނިތުންވަމުން
ނުނިމޭ…
5 މެއި 2024
عبدالعزيز قاسم، ލިލީ ނ.މަނަދޫ


