ސަން ސިޔާމް އޮޅުވެލި ވޮލީޓީމް / ފޮޓޯ : ރިސޯޓް ވޮލީލީގު ފޭސްބުކް ޕޭޖް

ރިސޯޓް ވޮލީ ލީގު ސައުތު މާލެ ލީގުގެ ޗެމްޕިއަންކަން އޮޅުވެލި ހޯދައިފި

ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލެ ލީގުގެ ޗެމްޕިއަންކަން ސަން ސިޔާމް އޮޅުވެލި ހޯދައިފިއެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ އިއްޔެ މެންދުރުފަހު 3:00 ގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އިތާފުށްޓާ ދެކޮޅަށް ކުޅެ 3 ސެޓް 2 ސެޓުން މޮޅު ވެގެންނެވެ.

4 ޖުލައި ގައި ފެށި ސައުތު މާލޭ ލީގުގައި އޮޅުވެލި ، އިތާފުށީގެ އިތުރުން ބައިވެރިވީ ކަނޑޫމާއެވެ. ލީގު އުސޫލުން އެއްބުރު ކުޅެ ނިމުނުއިރު ، އޮޅުވެލިފުށި އެއްވަނަ ހޯދި އިރު ، ދެވަނަ ހޯދީ އިތާފުށްޓެވެ. އޮޅުވެއްޔާއި އިތާފުށި ބައްދަލުކުރި ފައިނަލް މެޗު ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތީ 10 ޖުލައި ވާ ބުރާސްފަތި ދުވަހެވެ. އެ ދުވަހު އެ ދެ ޓީމު ހަވީރު ބައްދަލުކުރި ފައިނަލް މެޗުގެ ފުރަތަމަ ސެޓްގެ ބައެއް ކުޅެމުންދަނިކޮށް ގަދަވަޔާއި ވިއްސާރައިގެން ސަބަބުން މެޗް މެދު ކަނޑާލިއެވެ. އަދި އޭގެ ދެ ގަޑިއިރެއްހާ ފަހުން އަނެއްކާވެސް ކުޅުން ކުރިޔަށް ގެންދަނިކޮށް ވިއްސާރައިގެ ސަބަބުން މެޗު 11 ޖުލައި އަށް ފަސްކުރީއެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ނެގި ބޮޑު ލީޑާއި އެކު އިތާފުށި މި ސެޓް ކާމިޔާބު ކުރީ 25-23 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓް ތަފާތުބޮޑުކޮށް ފަސޭހަކަމާއެކު 25-15 އިން އޮޅުވެލި ކާމިޔާބުކުރިއެވެ. އަދި މެޗުގެ ތިން ވަނަ ސެޓް 25-21 އިން އޮޅުވެލި ގެންގޮސްފައިވަނިކޮށް މެޗުގެ ހަތަރުވަނަ ސެޓް އިތާފުށިން ކާމިޔާބުކުރީ 25-18 އިންނެވެ. ދެ ޓީމު ދެ ސެޓުން އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު ޓައިބްރޭކް ސެޓް ފަށާއިގެން އޮޅުވެލިން ބޮޑު ލީޑެއް ނަގައި އެ ލީޑުގައި 15-10 އިން ސެޓް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދިއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮޅުވެލިފުށީގެ ޖާޒީ ނަންބަރު 11 އަޙްމަދު ޖަޒްލާންއެވެ.

މުބާރާތުގެ ޑްރީމް ޓީމް

އަޙްމަދު ޖަޒްލާން ( އޮޅުވެލި)

މާރިފް ޢަލީ ( އޮޅުވެލި )

މުޙައްމަދު ސޮބާހް ( އޮޅުވެލި )

ކޮމަންގް ( އޮޅުވެލި )

އަބްދުﷲ ޝާކިރު ( އިތާފުށި )

ބެސްޓް ލިބަރޯ މުޙައްމަދު ޔޫސުފް( އިތާފުށި )

ސައްދާމް ޙުސައިން ( އިތާފުށި )

އިބްރާހީމް ޝާން ( ކަނޑޫމާ )

ބެސްޓް ކޯޗް މުޙައްމަދު ޝިހާމް ( އޮޅުވެލި)

އުއްމީދީ ކުޅުންތެރިޔާ އަޙްމަދު ޖަޒްލާން ( އޮޅުވެލި)

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ