މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް %10 އިތުރު އަދަދެކެވެ. މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2,213,795 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ. މީގެ ތެރެއިން އެންމެ ކުރީގައި އުޅެނީ 328,503 ފަތުރުވެރިންނާއެކު ޗައިނާއެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ކުރިއެރުމަށް ބަލާއިރު، 2 މިލިޔަން ފަތުރުވެރިންގެ އަމާޒު ހާސިލްވެފައިވަނީ މިދިޔަ އަހަރަށްވުރެ އެއް މަސްދުވަސް ކުރިންނެވެ. މިދިޔަ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރު މަހުގެ ފަހުކޮޅުގައެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,466 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.



