29 ޑިސެންބަރު 2025
ހުޅުމާލެ 3ވަނަ ފިޔަވަހި: 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައި.، ފޮޓޯ: އެމްއޭސީއެލް

ހުޅުމާލެ ފޭސް 3 ހިއްކުން އަންނަ މަހު ނިންމަނީ

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ދަށުން ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރު މިހާރު ވަނީ ހިއްކާ ނިމިފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އާއިލާތަކަށް ހަމަޖެހިލައިގެން އުޅެވޭނެ ފަދަ ތަނަވަސް މާހައުލެއް ގާއިމްކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ބަދަލުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް އިސްކަންދީ، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް މަޝްރޫއުތައް ބައްޓަންކުރާނެ ކަމަށް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ޖަނަވަރީ މަހުގެ ތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ފަށައި، އިން ކަނޑައެޅޭ މިންވަރަކުން ގޯތިތައް ހަވާލުކުރަން ފަށާނެއެވެ. މިހާރުވެސް ބިންވެރިޔާ ސްކީމުގެ ދަށުން މި ސަރަހައްދުން ގޯތި ލިބުނު 698 ފަރާތެއްގެ ގުރުއަތުލުން ވަނީ ނިންމާލާފައެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. 2023 ވަނަ އަހަރު ފެށި މި މަޝްރޫއު އެކި ސަބަބުތަކާހުރެ މެދުކެނޑުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަންނަނީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު