އެމެރިކާގެ އަޝްކަރީ މަނަވަރެއް

އޮމާނު ކައިރިން އެމެރިކާގެ މަނަވަރުތަކަށް އީރާނުން އިންޒާރުގެ ޙަމަލާތަކެއް ދީފި

އޮމާނު ކައިރިން ދަތުރުކުރަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އިންޒާރު ދިނުމުގެ ގޮތުން ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ޙަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އީރާނުން ހާމަކުރި ގޮތުގައި، މި އިންޒާރުގެ ޙަމަލާތައް ދޭންޖެހުނު މައިގަނޑު ސަބަބަކީ އެ ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދުން ބައިނަލްއަޤްވާމީ ގޮތުން ދަތުރުކުރަމުންދާ އާންމު އުޅަނދުފަހަރަށް އެމެރިކާގެ ކަނޑުގެ ސިފައިން ހުރަސްއަޅައި ބިރުދައްކަމުންދާތީއެވެ.

ނަމަވެސް، މިކަމާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ދިފާޢުގައި ބުނެފައިވަނީ، އެމެރިކާއިން ބައިނަލްއަޤްވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވެގެން ހޯދަމުންދިޔަ އުޅަނދެއް އިންޑިއާ ކަނޑުން ދަތުރުކުރަނިކޮށް އެމެރިކާގެ އަސްކަރީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ތުހުމަތުކުރާ ގޮތުގައި އެ އުޅަނދު ދަތުރުކުރަމުންދިޔައީ އީރާނަށް ބޭނުންވާ މުދަލާއި ސާމާނު ފޯރުކޮށްދިނުމަށެވެ. އަދި އެމެރިކާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ޚިލާފުވާ ކޮންމެ އުޅަނދެއްމެ ހުއްޓުވައި ފާސްކުރާނެ ކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ.

މި ހަމަނުޖެހުންތައް މިހާ ހިސާބަށް ބޮޑުވެގެންދިޔައީ، ފެބްރުއަރީ ސައްބީހުގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން މެދުއިރުމަތީގައި ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެންނެވެ. އެ ހަނގުރާމައިގެ ރައްދުގައި އީރާނުން ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، އެމެރިކާއިން ވަނީ އީރާނު ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތައް ބަންދުކޮށް، އީރާނަށް މުދާ އެތެރެކުރުމާއި ބޭރުކުރުން މުޅިން ހުއްޓުވުމަށް ވަރުގަދަ ކަނޑުގެ ޙިޞާރެއް އެކުލަވާލާފައެވެ.

މި ހަނގުރާމައިގެ ތެރެއިން އީރާނުން ދެމުންދާ ވަރުގަދަ ރައްދު ޙަމަލާތަކުގެ ސަބަބުން، އެމެރިކާ އަސްކަރިއްޔާގެ އެތައް ބިލިޔަން ފައިސާއެއްގެ އަސްކަރީ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.

މީގެ ތެރޭގައި މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތަކެއް ނުހިމެނެއެވެ. އަދި އެމެރިކާގެ ކަނޑުގެ އަސްކަރީ ބޮޑެތި އުޅަނދުތަކަށާއި ޚާއްޞަ ޓެކްނޮލޮޖީގެ ސާމާނުތަކަށް ލިބުނު ގެއްލުމުގެ އަގު މީގެ ތެރެއަކު ނެތެވެ. އެހެންކަމުން، މި ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއަށް ލިބިފައިވާ ހަޤީޤީ މާލީ ގެއްލުމުގެ ޖުމްލަ ޢަދަދު މިހާރު ލަފާކުރެވޭ ޢަދަދަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް މާހިރުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ